Advertisement

އިސްކަންދަރު ސްކޫލުގެ ދަރިވަރުން ---

14 Nov 2024
ޚަބަރު

މިހާރު ގުރޭޑް 9ގައި ތިބި ދަރިވަރުން ދޮޅުއަހަރު ގްރޭޑް 10ގައި ތިބެން ޖެހިދާނެ

މިސަރުކާރުން ދިރާސީ އަހަރު ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، މިހާރު ގްރޭޑް 9ގައި ތިބި ދަރިވަރުންނަށް އަންނަ އަހަރު އޯލެވެލް ނުހެދިދާނެކަމަށް ބެލެވިއްޖެއެވެ.

2025 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައި ވާއިރު، މިސަރުކާރުން ކުރިން ޕްލޭން ކުރި ގޮތަށް، އޮކްޓޫބަރު ނޮވެމްބަރު މަހުގައި ކެމްބްރިޖް އޯލެވެލް އިމްތިހާނު އޮންނާނެކަމަށް ކަލަންޑަރުގައި ހިމަނާފައެއް ނުވެއެވެ. ދިރާސީ އަހަރު ބަދަލު ކުރުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކުރީ ސަރުކާރުގައި، އޯލެވެލް އިމްތިހާނު މެއިޖޫންއަށް ބަދަލުކޮށްފައި އޮތް އޮތުން 2025 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު ނޮވެމްބަރަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ. އެހެން ނަމަވެސް އެ އިމްތިހާނުދޭ ކެމްބްރިޖުން ރާއްޖެއަށްދޭ އޯލެވެލް އިމްތިހާނު އޮކްޓޫބަރު ނޮވެމްބަރަށް ބަދަލުކުރުމަށް އެއްބަސްނުވިކަމަށް، ކުރީ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ އިސްފަރާތްތަކުން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި އަންނަ އަހަރަށް ނެރުނު ދިރާސީ ކަލަންޑަރުގައި އެ އިމްތިހާނު ނެތީ އެހެންވެ ކަމުގައިވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ތައުލީމީ ދާއިރާގެ ކަންކަން އެނގޭ ބައެއް ބޭފުލުން ވިދާޅުވީ، އޮކްޓޫބަރު ނޮވެމްބަރުގައި އަންނަ އަހަރު އޯލެވެލް އިމްތިހާނު ނުބޭއްވިއްޖެ ނަމަ، މިހާރު ގްރޭޑް 9ގައި ތިބި ދަރިވަރުން، ދޮޅުއަހަރު  ގްރޭޑް 10 ކިޔަވަން ޖެހޭނެ ކަމަށާއި، އެދަރިވަރުންނަށް އޯލެވެލް އިމްތިހާނުގައި އިށީނދެވޭނީ، 2026 ވަނަ އަހަރުގެ މެއި-ޖޫންގައި ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޢިހްސާންވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދިރާސީ އަހަރު، އޮގަސްޓް މަހުގައި ފަށާ ގޮޮތަށް، ކުރީ ސަރުކާރުން ހަމަޖެއްސީ، ކޯވިޑް-19ގެ ހާލަތުގެ ތެރޭގައެވެ. އަދި މެއި ޖޫންގައި އޯލެވެލް ހަދާގޮތަށް ނިންމައި އަހަރުގެ މެދުން ދިރާސީ އަހަރި ފަށާގޮތަށް ނިންމީވެސް، 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދޮޅުއަހަރަށް ދަންމާލުމަށްފަހުގައެވެ.

ދިރާސީ އަހަރުން ޖެނުއަރީގައި އަލުން ފެށުމަށާއި، ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްުޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން 2025 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު އަހަރުގެ ކުރީކޮޅަށް ބަދަލު ކުރުމަށް ވަނީނިންމާފައެވެ. މިގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ނިންމާފައި ވަނީ، އޭޕްރީލް 6 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.