Advertisement

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ---

09 Nov 2024
ޚަބަރު

ޤައުމީ ތަރައްޤީގެ ބޮޑެތި ޕްލޭންތަކެއް ހެދުމުގެ ބޭނުމެއް ނުފެނޭ: ކުރީގެ ފިނޭންސް މިނިސްޓަރު

އާބަން ސެންޓަރުތަކުގެ ގޮތުގައި މިސަރުކާރުން 7 ރަށެއް ކަނޑައަޅައި އިޢުލާނު ކުރުމާއި އެކު އެކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ފާޑު ވިދާޅުވެއްޖެއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ޤައުމީ ތަރައްޤީގެ ބޮޑެތި ޕްލޭންތަކެއް ހެދުމުގެ ބަދަލުގައި، ޕާޓީ ހައިރާކީއާ އެއްގޮތަށް ބަހާލީމަ ނިމުނީ ކަމަށެވެ. އަމީރު މިކަމަށް ފާޑު ވިދާޅުވީ، އާބަން ސެންޓަރުގެ ގޮތުގައި ރަށްތައް ކަނޑައެޅުމުގައި އަމަލުކޮށްފައިވާ ގޮތުންނެވެ. އެގޮތުން އެލިސްޓުގައި ހިމަނާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ކުރީގެ ސަރުކާރުތަކުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކާއި ޚިލާފަށް، މިސަރުކާރުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލީ ބޭފުޅުންނާއިގުޅުން ހުރި ރަށްތަކެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ސައުދާ ނިސްބަތްވެވަޑައިގަންނަވާ، ފ. ނިލަންދޫ އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަހީމް ނިސްބަތްވެވަޑައިގަންނަވާ، ލ. ފޮނަދޫ ވަނީ އާބަންސެންޓަރުގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމަނާފައެވެ. 

ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އެ ލިސްޓުގައި ހިމެނޭ ރަށްތައްވެސް ތަރައްޤީކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، މި ރާއްޖޭގައި ޒަމާނުއްސުރެ އާބަން ސެންޓަރުތަކުގެ ގޮތުގައި ބަލަމުން އައި، ވިޔަފާރި މަރުކަޒުތަކަށް ދެން ވަނީ ކިހިނެއްތޯ އަމީރު ސުވާލު އުފެއްދެވިއެވެ. އެގޮތުން، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ލ.ގަން، އައްޑޫ، ފުވައްމުލައް އެލިސްޓުގައި ހިމަނާފައި ނެތުމަކީ ހަޤީޤީ މާނައިގައި މި ޤައުމު ތަރައްޤީކުރުމުގެ 'ވިޜަން' މި ސަރުކާރުގެ ނެތްކަން ވަރަށް ސާފުކޮށް އެނގޭ ކަމެއް ކަމުގައި އަމީރު ވިދާޅުވިއެވެ.

މިސަރުކާރުން އާބަން ސެންޓަރުގެގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅައި އިޢުލާނުކުރި ރަށްރަށަކީ؛

1- ރ. އުނގޫފާރު

2- ބ. އޭދަފުށި

3- ޅ. ނައިފަރު

4- އދ. މަހިބަދޫ

5- ފ. ނިލަންދޫ

6- ދ. ކުޑަހުވަދޫ

7- ލ. ފޮނަދޫ

މިރަށްތައް ކަނޑައަޅާފައިވާ ގޮތާއި ގުޅިގެން ސިޔާސީ ފަރާތްތަކުންނާއި އާއްމު ފަރާތްތަކުންވެސް އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.