Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --

06 Nov 2024
ޚަބަރު

ރައީސް ޑރ. މުޢިއްޒު ޓްރަމްޕަށް މަރުޚަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް މަރުޚަބާ ވިދާޅުވެ ރައީސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ލިޔުއްވި ޕޯސްޓްުގައި ވިދާޅުވީ، ޓްރަމްޕްގެ އައު ޒަޢާމަތުގައި ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން މިހާރަށްވުރެ ބަދަހިވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ބައިނަލްއަޤުވާމީ މައްސަލަތަކުގައި ދެ ޤައުމުގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

އެމެރިކާގެ 45 ވަނަ ރައީސްގެ މަޤާމުވެސް ފުރުއްވާފައިވާ ޓްރަމްޕް އެޤައުމުގެ ރައީސް ކަމުގެ މަޤާމަށް ހޮވިވަޑައިގެންފައި މިވަނީ ދެވަނަ ދައުރަކަށެވެ. 

ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް 267 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާއި ވާދަކުރެއްވި، ޑިމޮކްރެޓިކް ޕާޓީގެ ކަމާލާއަށް މިހާތަނަށް ލިބިވަޑައިގަތީ 224 އިލެކްޓޯރަލް ވޯޓެވެ.

ޓްރަމްޕް ވެރިކަމަށް އައުމަކީ، އިޒްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް މިހާރު ހިންގަމުންދާ ޤަޠުލުއާއްމު ހުއްޓުވޭނެ ކަމެއް ނޫންކަމުގައި މުރާސިލުން ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.