Advertisement

01 Nov 2024
ޚަބަރު

ރައީސްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް ސިޔާސީ މުވައްޒަފުން މަޤާމުން ވަކި ނުކުރެވުނު

288 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޢަމާޒަށް ވާޞިލް ނުވެވި މުއްދަތު ފަހަނަ އަޅައިފިއެވެ.

މި ހުސްވި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، 228 ސިޔާސީ މުވައްޒަފުން މަޤާމުން ވަކިކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެމުއްދަތު އިއްޔެ ފަހަނަ އެޅިއިރު، 228 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމެއް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.

އަދި އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުންވެސް ވަނީ ސުވާލު އުފައްދާފައެވެ. މިގޮތުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި 15 ދުވަސް ހަމަވެފައިވާ ކަމަށާއި، 228 ސިޔާސީ މުވައްޒަފުން ވަކިކުރި ކަމުގެ ޚަބަރެއް އަދި ނުއްސަވާ ކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ތިއްބެވި 228 މީހަކު ވަޒީފާއިން ވަކިކުރެއްވުމަށް ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މީގެ 16 ދުވަސް ކުރިންނެވެ.  ސިޔާސީ މަޤާމުތައް މަދު ކުރެއްވުމަށް ނިންމަވާފައި ވަނީ، އިޤުތިޞާދީ ރިފޯމް އެޖެންޑާގެ ދަށުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ވަޒީފާއިން ވަކިކުރެއްވުމަށް ނިންމެވި، 228 މީހުންގެ ތެރޭގައި ހިމެނެނީ، 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑައިރެކްޓަރުން ކަމުގައިވެސް އެދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިއެވެ. އަދި އެ ބަދަލުގެ ސަބަބުން ސިޔާސީ ފަރާތްތަކަށް މުސާރަދިނުމަށް ހޭދަވާ ފައިސާއިން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާއިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.