Advertisement

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް --

01 Nov 2024
ޚަބަރު
ޢަލީ ސުލައިމާން

ވެވަޑައިގެންނެވި ކޮންމެ ވައުދަކާއި ރައީސް ދަނީ ޚިލާފުވެވަޑައިގަންނަވަމުން: ފައްޔާޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ، ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ކޮންމެ ވަޢުދަކާއިވެސް ޚިލާފުވެވަޑައިގަންނަވަމުން ކަމުގައި، އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިފެންނަމުންދަނީ، ރައީސުލްޖުމްހޫެރިއްޔާ ވެވަޑައިގެންފައި އޮތް ކޮންމެ ވަޢުދަކާއިވެސް ޚިލާފަށް ޢަމަލުކުރައްވަމުން ގެންދަވާ މަންޒަރު ކަމަށެވެ. އަދި ކޮންމެ ކަމަކަށްވެސް މިސަރުކާރުން ދައްކަމުން އަންނަނީ، ކުރީ ސަރުކާރުގެ ބަހަނާ ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

"މިހާރު ހީވާ ކަހަލަ، މުޅި މިފަސް އަހަރު އަޅުގަނޑުމެން އުޅެން ޖެހޭނީ، ކުރީ ސަރުކާރުގެ ކަންތަކުގައޭ. އާސަންދަ ނުލިބިގެން ދިޔައިމާވެސް ކުރީ ސަރުކާރު. ގޯތި ގެދޮރު ނުލިބުނީމާވެސް ކުރީ ސަރުކާރު. މަސްވެރިންނަށްވެސް ކުރީ ސަރުކާރު. ސިޔާސީ މަޤާމުތައް އިތުރުވަނީވެސް ކުރީ ސަރުކާރާއި ހެދި." 

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބެވި ހުރިހާ މުވައްޒަފުންނާއި އެކުގައިވެސް ޖުމުލަ ތިބީ 1000 ސިޔާސީ މުވައްޒަފުން ކަމަށެވެ. އެހެން ނަމަވެސް މިހާރު މިސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 2300އަށް އަރާކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.