Advertisement

އެމްޑީޕީގެ އިސްބޭފުޅުން ---

03 Nov 2024
ޚަބަރު
ޢަލީ ސުލައިމާން

އަލުން ބަޖެޓް ހުށަހެޅުމަށް އެމްޑީޕީން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ހުޅަހަޅާފައިވާ ބަޖެޓެއް ކަމަށް ބުނެ، އަލުން ބަޖެޓް ހުށަހެޅުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީް ނެރުނު ބަޔާނުގައި ބުނީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ހުޅަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިއްޔެ ވަނީ އިއުތިރާފުވެވަޑައިގެންފައި ކަމަށެވެ. އެހެންކަމުން 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މުރާޖާކޮށް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފޯރުކޮށްދޭން ގާނޫނުން ލާޒިމުކުރާ ހަގީގީ އަދަދު ހިމަނައި އަލުން ބަޖެޓް ހުށަހެޅުމަށް ސަރުކާރަށް ގޮވާލާ ކަމުގައި އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ވަރަށް މުހިންމު ގާނޫނެއް ކަމަށެވެ. އަދި 2008 ވަނަ އަހަރު ތަސްދީގުކުރި ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަސާސީ ސިފައެއް ކަމުގައި ކަނޑައަޅައި ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ، ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ މުހިންމު ސިޔާސަތު ދެމެހެއްޓުމަށް މަސައްކަތް ކުރުމުގައި އެ ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.