ޚަބަރު
10 Oct 2024
ޚަބަރު
ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ބެންގަލޫރުގައި އެކި ބޭނުންތަކުގައި ދިރިއުޅެމުންދާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވާފައެވެ.
10 Oct 2024
ޚަބަރު
ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއިން ފުރާވަޑައިގެންފި
ފުރަމާނަދަތުރުފުޅުގައި އެންމެ ފަހުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ބެންގަލޫރަށެވެ. ބެންގަލޫރަކީ، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސިޓީއެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ވަނީ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއިވެސް ބައްދަލުކުރައްވާފައެވެ.
09 Oct 2024
ޚަބަރު
މިއަހަރުގެ މިހާތަނަށް ލައްކައެއްހައި އިންޑިއާ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައި: ރައީސް
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުަރައްވާ ފުރަމާނަ ދަތުރުފުުުޅުގައި ރާއްޖެއިން ފުރާވަޑައިގެންނެވީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. އެދުވަހާއި ހަމައަށް، ރާއްޖެއަށް އިންޑިއާއިން 92،270 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ. އިންޑިއާ މިހާރު އޮތީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.
09 Oct 2024
ޚަބަރު
ސޮނާކްޝީ އަދި ޝިލްޕާ ޝެޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އަނބި ކަނބަލުން ސާޖިދާ މުޙައްމަދު ބޮލީވުޑުގެ މަޝްހޫރު ބައެއް ތަރިންނާއި ބައްދަލުކުރައްވާފައި ވަނީ، އިއްޔެ މުމްބާއީގައި ކުރިޔަށް ގެންދިޔަ "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ހަރަކާތުގެ ތެރެއިންނެވެ.
09 Oct 2024
ޚަބަރު
ބައްސާމްގެ އެޕާޓްމަންޓްތައް ފުލުހުންނާއި ހަވާލުކޮށްފި
ފުލުންގެ އިދާރާއިން އިއްޔެ ވަނީ މިރޭގެ 00:00 ގެ ކުރިން އެ އެޕާޓްމަންޓްތައް ފުލުހުންނާއި ހަވާލުކުރުމަށް ބައްސާމަށް އަންގާފައެވެ. ފުލުހުންގެ އިދާރާއިން މިރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، އަންގާރަ ދުވަހުގެ ރޭގެ 00:00 ގެ ކުރިން ފުލުހުންގެ އެންގުމާއި އެއްގޮތަށް އެފްލެޓްތައް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
09 Oct 2024
ޚަބަރު
ރައީސަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި
މިޢާދު މިރޭ މާލެ އައީ ދިގު މުއްދަތެއް ވަންދެން އިންޑިއާގައި ހުރުމަށްފަހުގައެވެ. އޭނާގެ ނަފްސާނީ ސިއްޙީ ޙާލަތު ގޯސްވެގެން މިއޮކްޓޫބަރު މަހު އިންޑިއާގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދީފައިވާ ކަމުގައިވެސް މައުލޫމާތު ލިބިފައި ވެއެވެ. އެނގިފައިވާ ގޮތުގައި މިރޭ ފުލުހުން މިއާދު ހައްޔަރު ކުރުމާއި އެކު އާއިލާއިން ވަނީ އޭނާގެ ނަފްސާނީ ސިއްޙީ ހާލަތާއި، ޑޮކްޓަރުގެ ލިޔުންތައް ފުލުހުންނާއި ހަވާލުކޮށްފައެވެ.
08 Oct 2024
ޚަބަރު
ރާއްޖޭގެ ތަރައްޤީގައި އިންޑިއާއަކީ ދެގޮތެއް ނުވާ ބައިވެރިއެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ ރައީސާ ދުރޫޕަތީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިޖާފަތް ބާއްވަވާފައި ވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހޯމަދުވަހުގެ ރޭ ނިއުދިއްލީގައެވެ.
08 Oct 2024
ޚަބަރު
ރައީސް ޑރ. މުއިއްޒު އިންޑިއާގެ ރައިސާ އާއި ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ.
08 Oct 2024
ޚަބަރު
ރުޕޭ ކާޑާއި އެކު މާލީ މުއާމަލާތްތައް ފަސޭހަވާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، އިޤްތިޞާދީ އިސްލާޙަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާވެސް ހާމަކުރައްވާފައެވެ. މިގޮތުން، އެ އެޖެންޑާގެ އަމާޒުތަކަކީ، ފަތުރުވެރިކަމުގެ އިތުރުން، މާލީ ޚިދުމަތްތަކާއި، މެރިޓައިމް ސިނާޢަތާއި، ޑިޖިޓަލް އިޤްތިޞާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިޤްތިޞާދު ސިންދަފާތުކުރުމާއި، ރާއްޖޭގެ މަދަނިއްޔަތަށް އެދެވޭ ބަދަލެއް ގެނައުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
07 Oct 2024
ވިޔަފާރި
އެންމެ އިހުގެ ދިވެހި ފައިސާއިން ގަހަނާ ހަދައިދޭ ހައުސް އޮފް ޖެވެލްގެ 2 ވަނަ ފިހާރަ ފަރީދީ މަގުގައި ހުުޅުވައިފި
"ހައުސް އޮފް ޖުވެލް"އަކީ، ރިހި ގަހަނާއަށް ޚާއްޞަ ފިހާރައެކެވެ. އެހެން ނަމަވެސް އެފިހާރައިން ރަނުގެ ގަހަނާ އާއި ރިހި އަތު ކުރިގަޑިވެސް ލިބެން ހުންނާނެއެވެ.
07 Oct 2024
ޚަބަރު
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރަން އެއްބަސްވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާ ގޮތުގައި، އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށާއި ދިވެހިރާއްޖޭގެ އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ވަނީ މަޝްވަރާކުރައްވާފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރުތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
07 Oct 2024
ޚަބަރު
އިންޑިއާގެ ރުޕޭކާޑު ރާއްޖޭގައި ބޭނުން ކުރަންފަށައިފި
ރުޕޭގެ ޚިދުމަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޓްރާންސްސެކްޝަން ހަދާަފައި ވަނީ އޯތެންޓިކް މޯލްޑިވްސްގެ ފިހާރައިގައެވެ. މިޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއެކޮށްފައި ވަނީ، 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
07 Oct 2024
ޚަބަރު
ބައްސާމާއި އާއިލާ ފުލެޓުން ނެރުން ފަސްކުރީ އިންސާނިއްޔަތަށްޓަކައި ކަމަށް ފުލުހުން ވިދާޅުވެއްޖެ
ހުސްވި މަހުގެ 28 ވަނަ ދުވަހު ކޯޓުންވަނީ، އާދީއްތަ ދުވަހުގެ ކުރިން އެ ދެފްލެޓް ފުލުހުންނާއި ހަވާލުކުރުމަށް އަންގައި އަމުރުކޮށްފައެވެ. އެ ދެފްލެޓަކީ، އެފްއޭއެމަށް ފީފާއިން ދީފައިވާ 1.9 މިލިއަން ޑޮލުގެ ތެރެއިން 1 މިިލިއަން ޑޮލަރު ވަގަށް ނަގައި، އެފައިސާ ބޭނުންކޮށްގެން ބައްސާމް ގަތް ކަމަށް ތުހުމަތު ކުރެވިފައިވާ ފްލެޓްތަކެކެވެ.
07 Oct 2024
ޚަބަރު
އިންޑިއާގެ އެހީގައި ހިންގި ދެ މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްފި
މި ދެ މަޝްރޫޢަކީ، ހުޅުމާލެ ފޭސް 2ގައި އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތްކުރި 700 ހައުސިންޔުނިޓާއި، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގި ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢެވެ.
07 Oct 2024
ޚަބަރު
ރައީސް އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި
މިބައްދަލު ކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ހުރި މައްސަލަތައް ހައްލުކޮށް ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރާއިއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައި ކަމުގައި އިންޑިއާގެ ޚާރިޖިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ. އެހެން ނަމަވެސް މިބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ހާމައެއް ނުކުރައްވައެވެ.
07 Oct 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރައްވައިފި
ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.