Advertisement

ޢަބްދުﷲ މިޢާދު ޔޫސުފް -- ފޮޓޯ: ޕޮލިސް

09 Oct 2024
ޚަބަރު

ރައީސަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސޯޝަލް މީޑިއާ އެކައުންޓަކުން މަރުގެ އިންޒާރުދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގ. ސަންސަންގެއާގޭ ޢަބްދުﷲ މިޢާދު ޔޫސުފެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، މިރޭ އިންޑިއާއިން މާލެ އައިތަނުން އެއާޕޯޓުންނެވެ.

މިޢާދު މިރޭ މާލެ އައީ ދިގު މުއްދަތެއް ވަންދެން އިންޑިއާގައި ހުރުމަށްފަހުގައެވެ. އޭނާގެ ނަފްސާނީ ސިއްޙީ ޙާލަތު ގޯސްވެގެން  މިއޮކްޓޫބަރު މަހު އިންޑިއާގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދީފައިވާ ކަމުގައިވެސް މައުލޫމާތު ލިބިފައި ވެއެވެ. އެނގިފައިވާ ގޮތުގައި މިރޭ ފުލުހުން މިއާދު ހައްޔަރު ކުރުމާއި އެކު އާއިލާއިން ވަނީ އޭނާގެ ނަފްސާނީ ސިއްޙީ ހާލަތާއި، ޑޮކްޓަރުގެ ލިޔުންތައް ފުލުހުންނާއި ހަވާލުކޮށްފައެވެ.

މިއާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓުއަމުރެއްގެ ދަށުންކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު، ޕީޕީއެމްގެ ސަޕޯޓަރަކުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް މަރުގެ އިންޒާރުދިން މައްސަަލައިގައި ހައްޔަރުކުރިއެވެ. އެކަމަކު ފަހުން އެމީހާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.