ޚަބަރު
13 Oct 2024
ޚަބަރު
މަޖިލީހުގެ ނައިބު ރައީސް ނާޒިމަށް ކުރާ ދޮންދަރިއަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަކީ ދޮގެއްކަމަށް ފުލުހުން ހާމަކުރައްވައިފި
ފުލުހުން މިކަން ހާމަކުރެއްވީ، ގއ. މާމެންދޫ / ބީޗްވިލާ، ވިފާޤު އިބްރާހިމް އަދުނާނުގެ މަރާ ގުޅިގެން ޗެނަލް 13 އިން ގެނެސްދިން ތަހުޤީޤީ ޑޮކިއުމެންޓްރީއެއްގައި، ނާޒިމަށާއި، ފުލުހުންގެ މައްޗަށް ކުރި ތުހުމަތުތަކާއި ގުޅިގެން، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައެވެ.
13 Oct 2024
ޚަބަރު
ވެސްޓް ޕާކާއި އައިޖީއެމްއެޗް އަދި ދިރާގު ކައިރީގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ޤާއިމްކޮށް ނިމިއްޖެ
މިނިސްޓްރީ އޮފް ޑިފެންސް އިން ވިދާޅުވީ، މާލޭގެ ފެންބަޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ވަގުތީ ފެން ހިންދާ ނިޒާމު ޤާއިމުކޮށް ޚިދުމަތްދިނުމަށް އާރްޑީސީއާ އެކުގައި، ޑިފެންސް މިނިސްޓްރީން 15 މެއި 2024 ގައި އެއްބަސްވުމެއްގައި ސޮއެކޮށްފައި ވާކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، ވަގުތީ ފެންހިންދާ ނިޒާމްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރެވިފައިވަނީ، ޑިފެންސް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
13 Oct 2024
ޚަބަރު
މިއަހަރު 183 ކެންޑިޑޭޓުން ބާ އިމްތިހާނު ހަދައިފި
މިއަހަރުގެ ބާ އިމްތިހާން ބާއްވާފައި ވަނީ، މިއަދު ހެނދުނު، ވިލާ ކޮލެޖުގެ ހޯލުގައެވެ. މިއަހަރު އެ އިމްތިހާނަށް ހުޅުވާލި އިރު ޖާގަ ދިނުމަށް ނިންމާފައި އޮތީ 190 ކެންޑިޑޭޓަކަށެވެ. އޭގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައި ވަނީ 183 ކެންޑިޑޭޓުންނެވެ. 2022 ވަނަ އަހަރު ބާއްވަންފެށި ބާއިމްތިހާނުގައި މިހާތަނަށް 505 ކެންޑިޑޭޓަކު ބައިވެރިވެފައިވާކަމުގައި ބާކައުންސިލުން ހާމަކުރައްވާފައިވެެއެވެ.
13 Oct 2024
ޚަބަރު
މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ މިދަތުރުފުޅަކީ، ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
12 Oct 2024
ޚަބަރު
ސަރުކާރުގެ އެންމެ މައިގަނޑު އެއް ފަލްސަފާއަކީ ކައުންސިލަރުންގެ އަގު ވައްޓާލުން: އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
ރާއްޖޭގައި މިވަގުުތު ހުރި ސިޔާސީ އެންމެ ތަޖުރިބާކާރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުން ދަނީ، ކައުންސިލަރުންނަކީ ނެތް ބައެއް ކަމުގައި، އަދި ރައްޔިތުންގެ އިތުބާރު ނެތް ބައެއް ކަމުގައި ދައްކަމުން ކަމަށެވެ.
12 Oct 2024
ޚަބަރު
ލާމަރުކަޒީ ނިޒާމް ދިފާޢުކުރުމަށް ކައުންސިލަރުން ހުށައެޅި ޤަރާރު އިއްތިފާޤުން ފާސްކޮށްފި
އާތިފް ހުށައެޅުއްވި ޤަރާރުގައި ވިދާޅުވީ، ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންދަނީ، ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް، ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސް ކައުސިލްތަކަށާއި ރައްޔިތުންނަށް އޮތް ބާރުތައް ނިގުޅައިގަންނަމުން ކަމަށެވެ. އަދި މި ސަރުކާރުން ގެންދަނީ ލާމަރުކަޒީ ޤާނޫނު އޭގެ ފުރިހަމަ މާނައިގައި ތަންފީޒްކުރުމަށް ކައުންސިލްތަކަށް އުނދަގޫތަކާއި ދަތިތައް ކުރިމަތި ކުރަމުން ކަމުގައިވެސް އާތިފް ހުށައެޅުއްވި ޤަރާރުގައި ވިދާޅުވެފައި ވެެއެވެ.
12 Oct 2024
ޚަބަރު
ކުޑަކުއްޖަކަށް ސައިކަލު ހުންގާނުދީ ދުއްވި މީހާ ހޯދައި ފުލުހަށް ހާޟިރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތުއްތުކުއްޖެއްގެ އަތަށް ސައިކަލު ހުންގާނުދީގެން ދުއްވި މީހާގެ މައްޗަށް، ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށައެޅި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އަދިއޭނާއަށް ޓްރެފިކް ޤާނޫނާއި ޚިލާފުވުމުގެ ކުށުގައި ފިޔަވަޅުއެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
12 Oct 2024
ޚަބަރު
ލާމަރުކަޒީ ގުޅުން ކޮންފަރެންސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ބާއްވާނެ: އެމްޑީޕީ
ލާމަރުކަޒީ ގުޅުން- ކައުންސިލަރުންގެ ކޮންފަރެންސްގެ ފުރަތަަމަ ކޮންފަރެންސް މިއަދު ފަށާފައި ވަނީ ކުޅުދުއްފުށީ ސިޓީގައެވެ. މި ކޮންފަރެންްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު މި ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ފެށިގެން ދިޔަ ނަމަވެސް ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ބާއްވާނެ ކަމަށެވެ.
12 Oct 2024
ޚަބަރު
ޕާޓީ އިދިކޮޅުގައި އޮންނައިރު ފައިސާ ފޮއްޗެއް ދިއްކޮށްލާނެ ބަޔަކު ނުވޭ: ރައީސް ޞާލިޙް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީއަށް ގެންނަ އެންމެ މުހިއްމު ބަދަލަކީ އެއީ ކަމަށެވެ. އަދި ވެރިކަމުގައި ޕާޓީ އޮންނައިރުގައި، ވަރަށް ފަސޭހައިން މީހުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އަދި އަމިއްލައަށް އެދިގެން އައިސްވެސް ޕާޓީއަށްދޭ ކޮންޓްރިބިއުޝަނެއްގެ ގޮތުގައި ފައިސާ ހަވާލުކުރާ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
12 Oct 2024
އެމް. ޑީ. ޕީ
ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގެންފި
މިހާރު ކުޅުދުއްފުށީ ސިޓީގައި ފެށިގެން ކުރިޔަށްދާ މިކޮންފަރެންސްގައި ބައިވެރިވަނީ، ހއ. ހދ. އަދި ށ. އަތޮޅުގައި ތިއްބެވި އެމްޑީޕީގެ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީތަކުގެ މެމްބަރުންނެވެ.
12 Oct 2024
ޚަބަރު
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ ބަދަލުތައް އޭޖީއަށް ފޮނުވައިފި
އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ އިޞްލާޙުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިޞްލާޙުތަކެކެވެ.
12 Oct 2024
ޚަބަރު
އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާ ކުޅުދުއްފުށީގައި ފަށައިފި
މިކޮންފަރެންސާއި ބެހޭ ގޮތުން އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމު ތަޢާރަފްކޮށް، އެނިޒާމުގެ ފައިދާ ރައްޔިތުންނަށް ލިބިދެވޭކަން ކަށަވަރުކޮށްދޭ ޕާޓީއަކީ އެމްޑީޕި ކަމަށާއި، މި ކޮންފަރެންސްގައި މުހިއްމު މަޝްވަރާތަކެެއް ކުރެވި، ތަނަވަސް ޚިޔާލުތަކެއް ބަދަލުކުރެވޭނެ ކަމަށެވެ.
11 Oct 2024
ޚަބަރު
ދަރުމަވަންތަ ހޮސްޕިޓަލްގެ ޤާއިމްކުރި ހައިބްރިޑް ތިއޭޓަރު ބޭނުން ކުރަންފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ، ހައިބްރިޑް ތިއޭޓަރު ބޭނުން ކުރަންފަށާފައިވާ ކަން ހާމަކޮށްފައި ވަނީ އައިޖީއެމްއެޗުން އެހޮސްޕިޓަލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
11 Oct 2024
ޚަބަރު
ތުއްތުކުއްޖެއްގެ އަތަށް ސައިކަލް ހުންގާނުދީ ހައިވޭގައި ދުއްވި މައްސަލައެއް ބަލަން ފަށައިފި
އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ތުއްތު ކުއްޖާއަތަށް ސައިކަލުގެ ހުންގާނުދީގެން ދުއްވާފައި ވަނީ، ސަރުކާރު ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މުވައްޒަފެކެވެ. އަދި އެމަންޒަރު ވީޑިއޯކޮށްފައި ވަނީ އެވަގުތު ހައިވޭގައި ކާރެއްގައި ދިޔަ އެހެން ބައެކެވެ.
11 Oct 2024
ޚަބަރު
އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، މިއަދުގެ މެންދުރުފަހު 3:00 ޖެހުމާއި ހަމައަށް، ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައެވެ.
11 Oct 2024
ޚަބަރު
އދ އާއެކު މަސައްކަތްކޮށް ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައި: ރައީސް
މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެ ދިޔަ 45 އަހަރުގެ ތެރޭގައި އދ އާއެކު މަސައްކަތްކޮށް ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ ކަމަށެވެ. އަދި ގުޅިގެން ކުރެވޭ އެ މަސައްކަތްތަކަކީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ހާސިލުކުރުމަށާއި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ވެސް އެހާމެ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.