Advertisement

އިންޑިއާ ސަފީރު ކަމުގެ މަޤާމަށް ނަންފުޅު ފޮނުއްވާފައިވާ، އާއިޝަތު އަޒީމާ --

14 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސަފީރުގެ މަޤާމަށް އަޒީމާގެ ނަން ހުށައަޅުއްވައިފި

ދިވެހި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަޤާމަށް، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު އަޒީމާ ހަމަޖެއްސުމަށްޓަމައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުންގެ ތަޅުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު އިއްވާފައެވެ. އަދި އޭނާ ސަފީރުކަމަށް ޢައްޔަނުކުރުމަށް ރުހުން ދިނުމަށްޓަކައި އޭނާގެ ނަންފުޅު ދިރާސާކުރުމަށް މިއަދު މަޖިލީހުގައި ވަނީ ކޮމިޓީއަށް ފޮނުވާފައެވެ. ޢަޒީމާ އެންމެ ފަހުން ހުންނެވީ، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާަފައިވާ ސަފީރުގެ މަޤާމުގައެވެ.

1988 ވަނަ އަހަރު ފޮރިން މިނިސްޓްރީގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވި އަޒީމާ، އިންޑިއާ ސަފީރުގެ މަޤާމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެމަޤާމުގައި މިހާރު ހުންނެވި، އިބްރާހިމް ޝަހީބުގެ ސަފީރު ކަމުގެ ދައުރު ހަމަވާތީއެވެ. އިންޑިއާ ސަފީރުގެ މަޤާމަށް ޝަހީބު ހަަމަޖައްސަވާފައި ވަނީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭގެ ކުރިން އޭޭނާ ހުންނެވީ ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
10 Apr 2025
ޚަބަރު
ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް މީހުން ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަން ފާހަގަކުރައްވާފައެވެ.
10 Apr 2025
ޚަބަރު
ބޭރުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު ވިދާޅުވީ، ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
10 Apr 2025
ޚަބަރު
ޤާސިމްގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އަޅަނީ
މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ، މި އިމާރާތް އަޅައިދިނުމުގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. މިއީ ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.
10 Apr 2025
ޚަބަރު
ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހުނު މީހާ މަރުވެއްޖެ
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި އެމީހާ ދަންޖެހުނީ މި އޭޕްރިލް މަހުގެ 04 ވަނަ ދުވަހުގެ ރޭ 21:12 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އެވަގުތުން ފެށިގެން އެމީހާއަށް ފަރުވާދެމުން އައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.