Advertisement

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު --

12 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ އެންމެ މައިގަނޑު އެއް ފަލްސަފާއަކީ ކައުންސިލަރުންގެ އަގު ވައްޓާލުން: އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

މިސަރުކާރަކީ އޮޅުވާލުމާއި މަކަރު ހެދުމުގެ ސަރުކާރެއް ކަމަށާއި، ސަރުކާރުގެ އެންމެ މައިގަނޑު އެއް ފަލްސަފާއަކީ ކައުންސިލަރުންގެ އަގު ވައްޓާލުންކަމުގައި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީން ކުރިޔަށް ގެންދިޔަ، ލާމަރުކޒީ ގުޅުން - ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި މިވަގުުތު ހުރި ސިޔާސީ އެންމެ ތަޖުރިބާކާރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުން ދަނީ، ކައުންސިލަރުންނަކީ ނެތް ބައެއް ކަމުގައި، އަދި ރައްޔިތުންގެ އިތުބާރު ނެތް ބައެއް ކަމުގައި ދައްކަމުން ކަމަށެވެ.

ޢަބުދުﷲ ޝާހިދު ވިދާޅުވީ، މިއަދު މިއޮތް ސަރުކާރުގެ ފިކުރަކީ ދޮގާއި މަކަރާއި އޮޅުވާލުމާއި ނަފުރަތު އުފެއްދުމުގެ ފިކުރެއް ކަމަށެވެ. އަދި މިސަރުކާރުގެ ފިކުރަކީ އަޅުވެތި ކުރުމާއި ބާރުތައް ޖަމާކޮށް އޭގެ މައްޗަށް، ވެރިގަތުމާއި، އަނިޔާވެރިކަމުގެ ފިކުރު ކަމަށެވެ.

"ކަން މިއަދު ދިމާވި ގޮތުން، ރާއްޖޭގެ ވެރިކަމަށް އައިސް މިއޮތީ، މީގެ ތެރެއިން އަނިޔާވެރިކަމުގެ ފިކުރު. އޮޅުވާލުމުގެ ފިކުރު. މަކަރުގެ ފިކުރު. ނަފުރަތުގެ ފިކުރު. ކަންކަން ނެތިކޮށްލުމުގެ ފިކުރު. އެހެން ނަމަވެސް އަޅުގަނޑުމެންގެ މި ޕާޓީ އެމްޑީޕީ ތަކުރާރުކޮށް ހާމަކޮށްދީފައި އޮތީ، ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ އިންތިޚާބުތަކުން ހޮވިގެން އަންނަ ގޮތަށް ނިޒާމް ތަރުތީބުވެގެން އަޔަސް 2008ވަނަ އަހަރު ގެނެވުނު އިސްލާޙީ ބަދަލުތަކުގެ ސަބަބުން، އޭގެފަހުން އަޅުގަނޑުމެންނަށް ފެނިގެން އައިސްފައި އޮތީ، އަބަދުވެސް އަބަދުވެސް ދެގޮތެއް ނުވެ، އަޅުގަނޑުމެންގެ މިޕާޓީ އަޅުގަނޑުމެންގެ ފިކުރު ކުރިއަށް ނެރުމުގައި ދެމި ތިބޭ ކަމާއި، އަދި ދެމި ތިބުމުގައި އަޅުގަނޑުމެން ކާމިޔާބީ ޙާސިލްކުރާކަން."

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ---

ޢަބުދުﷲ ޝާހިދު ވިދާޅުވީ، މިއަދު މިހާލަތުގައި ރާއްޖެ އޮތުމުން، އެމްޑީޕީ ފަހަށް ނުޖެހޭނެ ކަމަށާއި، އެމްޑީޕީ އޮތީ ސާބިތުކަމާއި އެކު ކުރިޔަށް ދިޔުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ފިކުރަކީ މިނިވަންކަމުގެ ފިކުރެއް ކަމަށާއި، އެފިކުރުގައި ވަނީ ރަށްތައް ގުޅާލުމާއި، ބަންދުން ވީއްލުމުގެ ފިކުރުކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މުޅި ރާއްޖެ، ދަތުރުފަތުރުގެ ނިޒާމުން ގުޅާލައި ދެއްވި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި، މިސަރުކާރުން މަސައްކަތް ކުރަމުން ދަނީ ލާމަރުކަޒީ ނިޒާމާއި ދިމާ ދެކޮޅަށް ކަން ފާހަގަކުރައްވައި، ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ، ރައްޔިތުން މާލެ ސަރަހައްދަށް ޖަމާކުރުމުގެ ވިސްނުން ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫޢުތައް ވަނީ ހުއްޓާލާފައިކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.