Advertisement

ފުލުހުންގެ އިދާރާ --

13 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ނައިބު ރައީސް ނާޒިމަށް ކުރާ ދޮންދަރިއަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަކީ ދޮގެއްކަމަށް ފުލުހުން ހާމަކުރައްވައިފި

މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމަށް ކުރި ދޮންދަރިއަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަކީ ދޮގުތުހުމަތެއްކަން ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން މިކަން ހާމަކުރެއްވީ، ގއ. މާމެންދޫ / ބީޗްވިލާ، ވިފާޤު އިބްރާހިމް އަދުނާނުގެ މަރާ ގުޅިގެން ޗެނަލް 13 އިން ގެނެސްދިން ތަހުޤީޤީ ޑޮކިއުމެންޓްރީއެއްގައި، ނާޒިމަށާއި، ފުލުހުންގެ މައްޗަށް ކުރި ތުހުމަތުތަކާއި ގުޅިގެން، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައެވެ.

މިއަހަރުގެ އޮގަސްޓް މަހު، މާލޭގެ ގެއެއްގެ 9 ވަނަ ބުރިން ވެއްޓި، ނިޔާވި، ވިފާޤަކީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ ދޮންދަރިއެކެވެ. ވިފާޤު މަރުވީ، މަންމަޔާއި ދޮންބައްޕަޔާއިއެކު އަދި އާއިލާގެ އެހެން ކުދިންނާއި އެކު ދިރިއުޅެމުން ދިޔަ އެޕާޓްމަންޓްގެ ބެލިކަނިން ވެއްޓިގެންނެވެ. ވިފާޤުގެ މަންމަޔާއި ހަވާލާދީ، ފުލުހުން މިއަދު ވިދާޅުވީ، ވިފާޤު ބެލްކަނުން ގަސްދުގައި ފުންމާލީކަމެއް ނުވަތަ ވެއްޓުނީކަމެއް ޔަޤީން ނުކުރެވޭ ކަމަށެވެ.

ޗެނަލް 13 ގެ ޑޮކިއުމެންޓްރީ އާއި ފުލުހުންގެ ނޫސްކޮންފަރެންސްގައިވެސް ހާމަކޮށްފައިވާ ގޮތުގައި، ވިފާޤަކީ، ނަފްސާނީ ބައްޔަށް ވަރަށް ގިނަ ދުވަސްތަކެއް ވާންދެން ފަރުވާ ހޯދަމުން އައި ކުއްޖެކެވެ.

ޗެނަލް 13އިން ގެނެސްދިން ޑޮކިއުމެންޓްރީގައި، ދޮންދަރިފުޅު ވިފާޤަށް، ނާޒިމް ޖިންސީގޯނާ ކުރިކަމަށް ކުރާ ތުހުމަތަކީ ދޮގެއްކަމަށް ބާރު ދިނުމުގެ ގޮތުން، ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމައްސަލަ ބައްލަވާ ޑިޕާޓްމެންޓްގެ އޮފިސަރު ވިދާޅުވީ، ވިފާޤު މަރުވުމުން ހެދި އޭނާގެ ޓެސްޓް ރިޕޯޓްތަކުން އޭނާއަކީ، ބިކުރުވެރި އަންހެން ކުއްޖެއްކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެހެން ކަމުން އެއްވެސް އިރެއްގައި ވިފާޤަށް ޖިންސީގޯނާއެއް ލިބިފައިވާކަމަށް ނުބެލެވޭ ކަމަށެވެ.

މީގެ އިތުރުން ޗެނަލް 13 ޑޮކިއުމެންޓްރީގައި ފުލުހުންނަށް ކޮށްފައިވާ ތުހުމަތުތައްވެސް ވަނީ ފުލުހުން ވަނީ ދޮގުކޮށްފައެވެ. އަދި އެ ޑޮކިއުމެންޓްރީގެ މައްސަަލަ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށާއި، އެހެން ނަމަވެސް އެޑޮކިއުމެންޓްރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކާއި ސުވާލުކޮށްފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މިއަދުގެ ޕްރެސްކޮންފަރެންސްގައި ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވިފާޤުގެ މަރާއި ގުޅިގެން އެހާ ތަފްސީލްކޮށް ފުލުހުން މައުލޫމާތު ޙިއްޞާކުރީ ޗެނަލް 13 އިން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.