Advertisement

ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ---

14 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސްގެ އެމެރިކާ ދަތުރުފުޅަށް 2.4 މިލިޔަން ޚަރަދުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ޚަރަދުވީ 2.4 މިލިޔަން ރުފިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ގެ 79 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް ޚަރަދުވެފައި ވަނީ ޖުމުލަ، 2,455,583/01ރ. (ދެ މިލިޔަން ހަތަރު ލައްކަ ފަންސާސްފަސްހާސް ފައްސަތޭކަ އައްޑިހަ ތިންރުފިޔާ އެއްލާރި) އެވެ. 

އެހެން ނަމަވެސް މިދަތުރުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ. އަދި ހާމަކުރައްވާފައި ވަނީ ޚަރަދުތަކުގެ ޖުމުލައެވެ. ޚަރަދުތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

އެންމެ ފުރަތަމަ ރައީސްގެ ދަތުރުފަތުރުތަކާއި ގުޅޭ ގޮތުން ތަފްސީލްތައް ހާމަކުރައްވަން ފެއްޓެވި އިރު، ޓިކެޓާއި އެކަމަޑޭޝަން ޚަރަދުތަކާއި ޕޮކެޓްމަނީ އާއި އިންސިޑެންޝަލް ޚަރަދަށް ކަނޑައެޅި ފައިސާގެ އަދަދުތައްވެސް ތަފްސީލްކޮށް ހިމަނުއްވާފައިވެއެވެ. އެހެން ނަމަވެސް މިފަހުން އެތަފްސީލްތައް ނުހިމަނުއްވައި ހާމަކުރައްވަނީ ޖުމުލަ އަދަދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދު އޭގެ ކުރިން ސަރުކާރުން އެދަތުރުފުޅަށް ކުރައްވާފައިވާ ޚަރަދާއި އަޅާބަލާއިރު ދެގުނަ ކުޑަވެފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަ ކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.