Advertisement

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގެ ބައިވެރިން ---

12 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާ ކުޅުދުއްފުށީގައި ފަށައިފި

އެމްޑީޕީން އެޕާޓީގެ ކައުންސިލަރުންނާއި އެކު ބާއްވާ، "ލާ މަރުކަޒީ ގުޅުން" މަހާސިންތާ ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. 

މިމަހާސިންތާއަކީ، އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުން ބައިވެރިކޮށްގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮންފަރެންސެކެވެ. މިކޮންފަރެންސް ބޭއްވުމަށް އެމްޑީޕީން ނިންމީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާތީ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މިއަދު ފަށާ ކައުންސިލަރުންގެ ކޮންފަރެންސްގައި އެންމެ އުތުރުގެ ތިން އަތޮޅުގެ ކައުންސިލަރުންނާއި ޑަބުލިޔު.ޑީ.ސީ  މެމްބަރުންނާއިއެކުތެ 80 ވުރެ ގިނަ މެމްބަރުން ބައިވެރިވާނެއެވެ.

މިކޮންފަރެންސާއި ބެހޭ ގޮތުން އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމު ތަޢާރަފްކޮށް، އެނިޒާމުގެ ފައިދާ ރައްޔިތުންނަށް ލިބިދެވޭކަން ކަށަވަރުކޮށްދޭ ޕާޓީއަކީ އެމްޑީޕި ކަމަށާއި، މި ކޮންފަރެންސްގައި މުހިއްމު މަޝްވަރާތަކެެއް ކުރެވި، ތަނަވަސް ޚިޔާލުތަކެއް ބަދަލުކުރެވޭނެ ކަމަށެވެ.

ކަތީބުން ލައްވައިގެން އެޓޯލްސް މިނިސްޓްރީގެ ދަށުން އަތޮޅުތަކާއި ރަށްތައް ހިންގަމުން އައުމާއި ދެކޮޅަށް އަޑު އަުފުލައި، މަރުކަޒީ ބާރުތައް ބަހާލައި ލާމަރުކަޒީ ނިޒާމެއް ގެނައުމުގެ މަސައްކަތްތައް ކުރީ، އެމްޑީޕީންނެވެ. އަދި ރާއްޖޭގައި އޮތް ކަތީބު ނިޒާމް އުވާލީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.