Advertisement

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން ---

12 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ލާމަރުކަޒީ ގުޅުން ކޮންފަރެންސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ބާއްވާނެ: އެމްޑީޕީ

ލާމަރުކަޒީ ގުޅުން މިނަމުގައި އެމްޑީޕީން މިއަދު ކުޅުދުއްފުށީ ސިޓީގައި ފެށި ކޮންފަރެންސްއަކީ ސިލްސިލާ ކޮންފަރެންސެއްގެ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކޮންފަރެންސެއްކަމުގައި އެމްޑީޕީން ހާމަކޮށްފިއެވެ.

ލާމަރުކަޒީ ގުޅުން- ކައުންސިލަރުންގެ ކޮންފަރެންސްގެ ފުރަތަަމަ ކޮންފަރެންސް މިއަދު ފަށާފައި ވަނީ ކުޅުދުއްފުށީ ސިޓީގައެވެ. މި ކޮންފަރެންްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު މި ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ފެށިގެން ދިޔަ ނަމަވެސް ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ބާއްވާނެ ކަމަށެވެ. 

"މިބައްދަލުވުމުން ތިޔަ ބޭފުޅުންނަށް ފެނިވަޑަިއގަންނަވާނެ، އެނގިވަޑައިގަންނަވާނެ، އެމްޑީޕީގެ ފިކުރު، ބަދަލު ނުވާކަން. އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމް އެޕާޓީއެއްގެ ބަނޑުން ވިހޭ ޕާޓީކަމުގައި އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން ގެންދަނީ މިޕާޓީއާ ލާމަރުކަޒީ ނިޒާމާއި އޮތް ގުޅުން ތަކުރާރުކޮށް ފެންނަމުންދާތީ. ތާރީޚުގެ ތެރެއަށް ބަލާލައިފިނަމަ އެފެނިގެންދަނީ، އެކަން."

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު --

ޢަބްދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީއަށް ގެނެވުނު ބަދަލުގެ ތެރޭގައި ކައުންސިލަރުންގެ އެސެމްބްލީއާ ޑަބްލިޔުޑީސީގެ ވިންގެން އުފެދިގެން ދިޔަކަން އެއީ، ލާމަރުކަޒީ ނިޒާމު އެމްޑީޕީގެ ތެެރެއަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތް ސާފުކޮށް ފެނިގެންދާ ކަމެއް ކަމަށެވެ. 

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ބާއްވާ ‘ލާމަރުކަޒީ ގުޅުން – ކައުންސިލަރުންގެ ކޮންފަރެންސް ކުރިއަށްދަނީ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ކުޅުދުއްފުށި ސިޓީގަ އެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުން ހިމެނެ އެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ހާއްސަ އިގުރާރެއްގައި ސޮއިކުރުމަށް ފަހު އާންމު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ކުރުމަށް ސަރުކާރަށް ކައުންސިލަރުންގެ ފަރާތުން ގޮވާލާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.