Advertisement

ތުއްތުކުއްޖެއްގެ އަތަށް ހުންގާނުދީގެ ދުއްވި ވީޑިއޯގެ ސްކްރީން ޝޮޓެއް --

12 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ކުޑަކުއްޖަކަށް ސައިކަލު ހުންގާނުދީ ދުއްވި މީހާ ހޯދައި ފުލުހަށް ހާޟިރުކޮށްފި

ހައިވޭގައި ތުއްތުކުއްޖެއްގެއަތަށް ސައިކަލުގެ ހުންގާނުދީ ދުއްވި މީހާ ހޯދައި ފުލުހަށް ހާޟިރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތުއްތުކުއްޖެއްގެ އަތަށް ސައިކަލު ހުންގާނުދީގެން ދުއްވި މީހާގެ މައްޗަށް، ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށައެޅި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އަދިއޭނާއަށް ޓްރެފިކް ޤާނޫނާއި ޚިލާފުވުމުގެ ކުށުގައި ފިޔަވަޅުއެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ބައެއް މީިޑިއާތަކުގައި ހާމަކޮށްފައިވާ ގޮތުގައި ތުއްތުކުއްޖެއްގެއަތަށް ސައިކަލުގެ ހުންގާނުދީ ދުއްވާފައި ވަނީ، އެމްއެންޑީއެފްގެ އޮފިސަރެކެވެ. އެހެން ނަމަވެސް ފުލުހުން އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

މިމައްސަލަ ފެންމަތިވީ، އޭނާ ތުއްތުކުއްޖާގެ އަތަށް ސައިކަލު ހުންގާނުދީގެން ހައިވޭގައި ދުއްވަމުންދިޔަ މަންޒަރު ބަޔަކަށް ފެނި ސޯޝަލްމީޑިއާގައި އެ ވީޑިއޯ ހިއްސާކުރުމުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާކަމަށެވެ.

ކޮމެންޓް
މުހައްމަދު
ތިމީހަކީ އީ އެމް އީ ގަ މަސައްކަތްކުރާ މީހެއް އީއެމްއީ އަކީ ސިފަިންގެ ޔުނިޓަކަށް ކިޔާނަމެއް
12 Oct 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.