Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

12 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ޕާޓީ އިދިކޮޅުގައި އޮންނައިރު ފައިސާ ފޮއްޗެއް ދިއްކޮށްލާނެ ބަޔަކު ނުވޭ: ރައީސް ޞާލިޙް

އެމްޑީޕީގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ގެނައުމަށް ނިންމާފައިވާ ބަދަލަކީ، އެކަމަށް ވަރަށް ބޮޑަށް ތާޢީދުކުރައްވާ ބަދަލެއް ކަމުގައި އެމްޑީޕީގެ، އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ބާއްވާ، ލާމަރުކަޒީ ގުޅުން، ކައުންސިލަރުންގެ ކޮންފަރެންސް އިފްތިތާޙްކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީއަށް ގެންނަ އެންމެ މުހިއްމު ބަދަލަކީ އެއީ ކަމަށެވެ. އަދި ވެރިކަމުގައި ޕާޓީ އޮންނައިރުގައި، ވަރަށް ފަސޭހައިން މީހުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އަދި އަމިއްލައަށް އެދިގެން އައިސްވެސް ޕާޓީއަށްދޭ ކޮންޓްރިބިއުޝަނެއްގެ ގޮތުގައި ފައިސާ ހަވާލުކުރާ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އިދިކޮޅުގައި ތިބޭއިރުގައި ފައިސާ ފޮއްޗެއް ދިއްކޮށްލާނެ ބަޔަކު ނުވޭ. ބިރުވެރިކަމުގެ ތެރެއަށްވެސް ވަންނަނީ. ސަރުކާރުގެ ނުފޫޒު ޚާއްޞަކޮށް، ޑީއާރްޕީން ފެށިގެން، ޑީއާރްޕީ ކަމުގައި ވިޔަސް، ޕީޕީއެމް ކަމުގައި ވިޔަސް، ޕީއެންސީ ކަމަށްވިޔަސް ވެރިކަމަށް އަތުވެއްޖިއްޔާ، އެބިރުވެރިކަން އާއްމުންގެ ތެރޭގައި އެބަ ފަތުރާ. ވިޔަފާރިވެރިންނަށްވެސް އެބިރުވެރިކަން އެބަދައްކާ!"

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައީސް ޞާލިޙް ވިދާޅުވީ، އިދިކޮޅުގައި އޮންނަ ޕާޓީއަކަށް އެހީއެއް ފޯރުކޮށް ދިނުމަކީ، ބިރުވެރިކަމަކަށް ވެފައި އޮންނަކަމަށާއި، އޭގެ ސަބަބުން އިދިކޮޅުގައި އޮންނަ އިރުގައި އިންތިޚާބުތަކަށް ކުރިމަތިލާއިރު ކުރަންޖެހޭ ޚަރަދުތަކާއި ޕާޓީ ހިންގުމުގެ ޚަރަދުތައް ކުރުން ވެފައި އޮންނަނީ ދަތި އުނދަގުުލަކަށް ކަމަށެވެ. އެހެންވެ ޕާޓީއަށް އާމްދަނީ އިތުރުުކުރެވޭނެ މަސައްކަތްތައް ކުރުމަކީ، ވަަރަށް ރަނގަޅު ނިންމުމެއް ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޕާޓީއަށް ހެޔޮ ބަދަލު އަންނާނޭ ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޕާޓީއަކީ އެންމެންގެ ޕާޓީއަކަށް ވެގެން ދާނެ ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މިހާތަނަށް އައިރުގައި ޕާޓީއަކީ ވަކި މީހެއްގެ ފަހަތުގައި، އެނބުރޭ ޕާޓީއަކަށް ވެފައި މިއޮތީ، އޭރަކު ޕާޓީއެއް ހިންގަން ހުންނަ މީހަކު އެއީ ފައިސާ ހޯދާ މީހަކަށްވެސް ވެފައި މިއޮންނަނީ. އެހެންވީމާ އެމީހަކު އެބުނާގޮތަކަށް ނޫންގޮތަކަށް ކަންކުރެވޭކަށް ނެތް." 

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީއަށް މިގެނެވޭ ބަދަލުތަކާއި އެކީގައި، ޕާޓީ ހިންގަން ތިބޭ މީހުން ބަދަލުވެގެން ދިޔަނަމަވެސް ޕާޓީ ކުރިޔަށްދާނެ ކަމަށެވެ. އެހެންކަމުން މިހާރު އެމްޑީޕީއަށް ގެންނަން ހުށައަޅާފައިވާ ބަދަލުތަކަކީ، ރަނގަޅު ހެޔޮބަދަލުތަކެއް ކަމުގައިވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.