Advertisement

ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން ---

12 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ލާމަރުކަޒީ ނިޒާމް ދިފާޢުކުރުމަށް ކައުންސިލަރުން ހުށައެޅި ޤަރާރު އިއްތިފާޤުން ފާސްކޮށްފި

ލާމަރުކަޒީ ނިޒާމް ދިފާޢުކުރުމަށް ކައުންސިލަރުންގެ ފަރާތުން  ހުށައެޅި ޤަރާރު ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި، ކައުންސިލަރުންނާއި ޑަބުލިޔުޑީސީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފިއެވެ.

މިޤަރާރު ހުށައެޅުއްވީ، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. 

އާތިފް ހުށައެޅުއްވި ޤަރާރުގައި ވިދާޅުވީ، ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންދަނީ، ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް، ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސް ކައުސިލްތަކަށާއި ރައްޔިތުންނަށް އޮތް ބާރުތައް ނިގުޅައިގަންނަމުން ކަމަށެވެ. އަދި މި ސަރުކާރުން ގެންދަނީ ލާމަރުކަޒީ ޤާނޫނު އޭގެ ފުރިހަމަ މާނައިގައި ތަންފީޒްކުރުމަށް ކައުންސިލްތަކަށް އުނދަގޫތަކާއި ދަތިތައް ކުރިމަތި ކުރަމުން ކަމުގައިވެސް އާތިފް ހުށައެޅުއްވި ޤަރާރުގައި ވިދާޅުވެފައި ވެެއެވެ. 

ޤަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ނިޒާމާއި ގުޅޭ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުން ގެންދަނީ، ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި، ކަމާއި ގުޅުންހުރި ޖަމިއްޔާ ޖަމާޢަތްތަކުން ހުށައަޅާފައިވާ އެއްވެސް ކަންބޮޑުވުމަކާއި، އިސްލާހަކަށް ބެލުމެއް ނެތި، ލާމަރުކަޒީ ނިޒާމަށް ނިކަމެތިކަން ލިބޭފަދަ ގޮތަކަށް ކަންވެސް ދެކޭ ކަމަށެވެ. އެހެންކަމުން އެފަދަ ޤާނޫނުތައް އިސްލާޙްކުރުމަށް ގޮވާލައި ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް، ހިއްވަރުދީ އެފަދަ މަސައްކަތްތަކުގެ ބައިވެރިވެވެން އޮތް އެންމެ ފުޅާމިނެއްގައި އެމްޑީޕީން ބައިވެރިވެ ލާމަރުކަޒީ ނިޒާމް ދެމެހެއްޓުމަށް އެއިރެއްގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުންމަތީ ތިބުމަށް އިޤުރާރުވާކަމުގައި އެ ޤަރާރުގައި ވަނީ ބުނެފައެވެ.

އާތިފް ހުށައެޅުއްވޮ އެޤަރާރަށް ވޯޓަށް އެހުމުން އެ ޤަރާރާއި އެއްގޮތަށް ޕާޓީން ކުރިޔަށް ދިޔުމަށް ފެންނަކަމަށް ފާސްކޮށްފައި ވަނީ، ކޮންފަރެންސްފައި ބައިވެރިވި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެމްބަރުންގެ އިއްތިފާޤުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.