Advertisement

ބާ އިމްތިހާނުގެ ތެރެއިން ---

13 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރު 183 ކެންޑިޑޭޓުން ބާ އިމްތިހާނު ހަދައިފި

ބާކައުންސިލުން ބޭއްވި މިއަހަރުގެ ބާ އިމްތިހާނުގައި 183 ކެންޑިޑޭޓުން ބައިވެރިވެ އިމްތިހާނު ހަދާފައިވާކަމުގައި، ބާ ކައުންސިލުން ހާމަކޮށްފިއެވެ.

މިއަހަރުގެ ބާ އިމްތިހާން ބާއްވާފައި ވަނީ، މިއަދު ހެނދުނު، ވިލާ ކޮލެޖުގެ ހޯލުގައެވެ. މިއަހަރު އެ އިމްތިހާނަށް ހުޅުވާލި އިރު ޖާގަ ދިނުމަށް ނިންމާފައި އޮތީ 190 ކެންޑިޑޭޓަކަށެވެ. އޭގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައި ވަނީ 183 ކެންޑިޑޭޓުންނެވެ. 2022 ވަނަ އަހަރު ބާއްވަންފެށި ބާއިމްތިހާނުގައި މިހާތަނަށް 505 ކެންޑިޑޭޓަކު ބައިވެރިވެފައިވާކަމުގައި ބާކައުންސިލުން ހާމަކުރައްވާފައިވެެއެވެ. 

ބާ އިމްތިހާނަކީ، ޝަރީއާ އާއި ޤާނޫނީ ދާއިރާއިން ކިޔަވާފައިވާ ދަރިވަރުން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ފެށުމަށް ހަދަންޖެހޭ އިމްތިހާނެކެވެ. ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ދޭ ހުއްދަ ލިބޭނީ އެ އިމްތިހާނުން ފާސްވެގެންނެވެ.

މިއަހަރުގެ ބާ އިމްތިހާން ބާއްވާފައި ވަނީ، ދިވެހި ސަރުކާރާއި، ޔޫ.އެސް.އައި.ޑީ އަދި އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއި އެކުގައި ކަަމަށް ބާ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.