Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

12 Oct 2024
އެމް. ޑީ. ޕީ
ޢަލީ ސުލައިމާން

ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގެންފި

އިދިކޮޅު ޕާޓީ އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ބާއްވާ، "ލާމަރުކަޒީ ގުޅުން"، ކައުންސިލަރުންގެ މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އެޕާޓީގެ ރައިސް ޢަބްދުﷲ ޝާހިދުވެެސް މިއަދު ވަނީ، ރައީސް ޞާލިޙާއި އެކުގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފައެވެ.

މިހާރު ކުޅުދުއްފުށީ ސިޓީގައި ފެށިގެން ކުރިޔަށްދާ މިކޮންފަރެންސްގައި ބައިވެރިވަނީ، ހއ. ހދ. އަދި ށ. އަތޮޅުގައި ތިއްބެވި އެމްޑީޕީގެ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީތަކުގެ މެމްބަރުންނެވެ.

މި މަހާސިންތާ އާއި ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާ ޕާރސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، މި މަހާސިންތާގެ ބޭނުމަކީ، މިސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަލާކުކޮށްލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުން ކަމަށެވެ.

މި ކޮންފަރެންސްގައި 80އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.