Advertisement

ތުއްތު ކުއްޖެއް ލައްވައި ސައިކަލު ދުއްވި މަންޒަރުފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް --

11 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ތުއްތުކުއްޖެއްގެ އަތަށް ސައިކަލް ހުންގާނުދީ ހައިވޭގައި ދުއްވި މައްސަލައެއް ބަލަން ފަށައިފި

ތުއްތުކުއްޖެއްގެ އަތަށް ސައިކަލް ހުންގާނުދީ ހައިވޭގައި ދުއްވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ތުއްތު ކުއްޖާއަތަށް ސައިކަލުގެ ހުންގާނުދީގެން ދުއްވާފައި ވަނީ، ސަރުކާރު ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މުވައްޒަފެކެވެ. އަދި އެމަންޒަރު ވީޑިއޯކޮށްފައި ވަނީ އެވަގުތު ހައިވޭގައި ކާރެއްގައި ދިޔަ އެހެން ބައެކެވެ.

އުމުރުން 18 އަހަރު ނުުފުރޭ ކުޑަކުދިންނާއި، އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެތް މީހުން އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ. އަދި ކުޑަކުއްޖަކު ނުރައްކަލަށް ހުށައެޅިގެންދާ ގޮތަށް އަމަލުކުރުންވެސް އެއީ ޤާނޫނުން މަނާކޮށްފައިވާކަމެކެވެ.

ކޮމެންޓް
އަމާން
ތިޔައީ ބޯހަމަޖެހޭ މީހެއް ނޫން...އަނެއްކާ ހަމާގައި އިން މީހެއްބާ؟
12 Oct 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.