Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

10 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ގުޅުންތައް ބާއްވަމުން ދަނީ ދިވެހިރާއްޖެއަށް ފައިދާވާ ގޮތަށް: ރައީސް

މިސަރުކާރުން އެހެން ޤައުމުތަކާ އެކު ގުޅުންތައް ބާއްވަމުން ގެންދަވަނީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްވާކަން ކަށަވަރުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ އިންޑިއާގެ ބެންގަލޫރުގައި ، އެސިޓީގައި ދިރިއުޅެ ދިވެހިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ދިވެހި ޤައުމާ ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަމަށާ އެ ސިޔާސަތާ އެއްގޮތަށް އަދި ޤައުމަށް ފަހިވާގޮތަށް އެހީތެރިކަންދޭ ހުރިހާ ޤައުމަކާއެކު ގާތްގުޅުން ބާއްވާނެކަމަށެވެ. އަދި އެ ގާތްގުޅުން ބާއްވާއިރު ދިވެހިންގެ މިނިވަންކަމާ ސިޔާދަތާއި އިސްތިޤްލާލު ހިމާޔަތްކުރެވޭކަން އަބަދުވެސް ކަށަވަރު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެކަމަށް އިސްކަންދިން އެއް ޤައުމަކީ އިންޑިއާކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުުޅުގައި އިތުރަށް ވިދާޅުވީ، އިންޑިއާއާއެކު، ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކޮށް، މިފާއިތުވި، ފަސްދޮޅަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ކަންކަމުގައި އިންޑިއާއިން ގިނަގުނަ އެހީތަކެއް ވެދީފައިވާ ކަމަށާއި އެކަން އެންމެނަށްވެސް އެނގޭ ކަމަށެވެ. 

"މިއީ ހަޤީގަތް. އަޅުގަނޑުމެންނާއި އެންމެ ކައިރި ނެއިބަރ، އަވަށްޓެރިޔާ. އެހެންވީމާ އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް، އެކި ކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަންކުރުމުގައި، ދެ ޤައުމުގެ ގުޅުން ވަރުގަދަވެގެން ދިއުމަކީ، އަދި އަބަދުވެސް އެގޮތުގައި އޮތުމަކީ ރައްޔިތުންގެ ހައްޤުގައި، އަޅުގަނޑު އެ ދުވަހު އިޢުލާނުކުރި ސިޔާސަތުގެ ދަށުން ކުރިޔަށްދާނެ، މިކަން އޮންނަންވާނެ ގޮތް،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ފެއްޓެވީ، އިންޑިއާގެ ރައީސާ ދުރޫޕަތީ މުރުމޫގެ ދައުވަތަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.