Advertisement

ދިއްލީގެ މަގުމަތި ---

06 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނިއުދިއްލީއަށް ވަޑައިގެންފި

އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ، ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަދު ނިއުދިއްލީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު އިންޑިއާއަށް ދަތުރުފުޅު ކުރެއްވީ އިންޑިއާ ސަރުކާރުން ހަމަޖައްސަވައިދެއްވި އިންޑިއާ އެއާފޯސްގެ މަތިންދާ ބޯޓުގައެވެ. އެބޯޓު ދިއްލީގައި ޖައްސާފައި ވަނީ ދިއްލީ ގަޑިން މިއަދު ހަވީރު 4:17 ގައެެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފައިބައިވަޑައިގަތީ، ދިއްލީ އެއާޕޯޓާއިއެކުގައި އޮންނަ އިންޑިއާ އަސްކަރިއްޔާގެ އެއާބޭސްއަށެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ވަޑައިގަންނަވައެވެ. ރައިސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ ސަރުކާރާއިއެކު ބާއްވާ ރަސްމީ މަޝްވަރާތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު އިންޑިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި މާލެ ވަޑައިގަންނަވާނީ، މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.