Advertisement

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ---

22 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އެކި މައްސަލަަތަކާއި ގުޅިގެން 17 ފުލުހަކު ވަޒީފާއިވަނީ ވަކިކޮށްފައި: ސީޕީ

މިއަހަރުގެ މިހާތަނަށް ފުލުހުންނާއި ގުޅޭ 48 މައްސަލައެއް ބަލައި އޭގެ ތެރެއިން 17 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީޕީ ވިދާޅުވީ، ފުލުހުންގެ ތެރޭގައި ތަޙްޤީޤު ކުރެވޭ ފުލުހުންނާއި ގުޅޭ މައްސަލަތަކަކީވެސް މީގެ ކުރިން އެކަމާއި ގުޅޭ މައުލޫމާތު މީޑިއާއަށް ހާމަކުރެވޭ މައުލޫމާތު ނޫން ކަމަށެވެ. އެހެންނަަމަވެސް މިހާރުގެ ސިޔާސަތަކީ، ފުލުހުންނާއި ގުޅޭ ގޮތުން ހުށައެެޅޭ މައްސަލަތައް ބަލައި އެމައްސަލަކުގެ މައުލޫމާތުވެސް މީޑިއާއަށް އާއްމުކުރުން ކަމުގައި ސީޕީ ޝުޖާއު ވިދާޅުވިއެވެ.

މީގެ ކުރިން ފުލުހުންނާއި މެދު ހުށައެޅޭ މައްސަލަތަކުގައި ފުލުހުންގެ އެތެރޭގައި ހިންގާ ތަޙްޤީޤުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު އޮންނަނީ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ. 

ސީޕީ ވިދާޅުވީ، ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑަޑް އާއި އެއްގޮތަށް މައްސަލަތައް ބަަލަމުންގެންދާ ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އިދާރާ ހަރުދަނާކޮށް، އަސާސީ ތަމްރީންތައް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިގޮތުން މިއަހަރުގެ މިހާތަނަށް، 360 ރެކްރޫޓުންނަށް ތަމްރީން ދެވިފައިވާ ކަމުގައި ސީޕީ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.