Advertisement

އެޗްޑީސީ --

22 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އެޗްޑީސީއަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ ނަން ހާމަކުރަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް ހާމަކުރުމަށް ނިންމާފައިވާ ކަމުގައި އެކުންފުނިން ބުނެފިއެވެ.

އެޗްޑީސީން އާއްމުކުރި އިއުލާނުގައި ބުނެފައި ވަނީ، އެކުންފުންޏަށް ފައިސާ ދައްކަން ޖެހި ނުދައްކާ ފަރާތްތަކުގެ ތެރެއިން ނައްތައް ހާމަ ކުރާނީ، ވިޔަފާރިތަކާއި، ކުންފުނިތައް ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި އެކިއެކި ސްކީމްތަކުން އެޗްޑީސީން ދޫކޮށްފައިވާ ފްލެޓްތައް ނުހިމެނޭނެ ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެކުންފުނިން ވަނީ، ވިޔަފާރި އުސޫލުންދޭ ޚިދުމަތްތަކަށާއި، ދޫކޮށްފައިވާ ތަންތަނަށް ފައިސާ ދައްކަންޖެހި، ފައިސާ ނުދައްކައި ތިއްބެވި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ނޮވެމްބަރު މަހުގެ ނިޔަލަށް ދެއްކުމަށް އަންގާ ކަމަށެވެ.

އެޗްޑީސީން ބުނީ، އެޗްޑީސީގެ އެ އެނިންމުމަކީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި، އެޗްޑީސީވެސް އޮތީ އެކުންފުނީގެ ނަމުގައި ނަގާފައިވާ ލޯނުތައް ދެއްކުމުގެ ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިވެފައެވެ.

ކޮމެންޓް
ލޯގޯ
ފުލެޓަށްލާރިނުދަށްކާ މީހުންވެސް
22 Oct 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.