Advertisement

ކުރީގެ ފިނޭންސް މިނިސްޓަ އިބްރާހީމް ޢަމީރު --

22 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް އަމީރު ރައްދު ދެއްވައިފި

އެމްޑީޕީ ސަރުކާރުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ މިސަރުކާރުން ކުރި ތުހުމަތުތަކަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ، ދައުލަތުގެ މާލީ ޚަރަދުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން އަމަލުކޮށްފައިގޮތްތަކާއި، އަދި މިސަރުކާރު ފެއިލްވެފައިވާ ކަންކަންވެސް ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ކުރެއްވި ތުހުމަތުތަކަށްވެސް މިނިސްޓަރ އަމީރު ޖަވާބު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ކުރެއްވި ޓްވީޓް --

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ކޮވިޑާ ގުޅޭގޮތުން ނައިބު ރައީސް ކުރެއްވި ޓްވީޓުގައި ހުރީ ތެދު މައުލޫމާތެއް ނޫން ކަމަށެެވެ. އަދި ކޮވިޑް19 އާއެކު ރާއްްޖެއިން ކުރި ހަރަދާއި ލިބުނު ފައިސާ އާއި ތަކެތީގެ އެހީގެ ރެކޯޑު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބަރާބަރަށް ހާމަކުރަމުން ގެންގޮސްފައިވާ ކަމަށާއި، މިހާރުވެސް އެ ރެކޯޑްތައް ފެންނަން ހުންނާނެ ކަމުގައި މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ކޮންމެ ހަފްތާއަކު ކޯވިޑް-19ގެ ސްޕެންޑިން ރިޕޯޓްވެސް އަޅުގަނޑުމެން ނެރުނު. އަޅުގަނޑަށް ހިއެއް ނުވޭ ކުރީގެ، ކޯވިޑް- 19ގެ ތެރޭގައި އެދުވަސް ވަރު ދުނިޔޭގެ އެހެން ޤައުމުތަކަކުން ކުރި ކަމެއްހެންވެސް. އަސްލު ތިބޭފުޅުން ބައްލަވަންވީ، ކޮންޤައުމުތަކަކުންތޯ، މިކަންކަން މިގޮތަށް ކުރީ."

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު .

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ، އެމްޑީޕީ ސަރުކާރުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތަށް ދައުލަތުގެ ހިސާބުތައް ބަލަހައްޓާފައި ނުވާކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.