Advertisement

މަންމައަށް ބިރުދައްކައިގެން ފޭރުނު މީހާ --

22 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

މަރައިލާނެކަމަށް ބުނެ މުސްކުޅި މަންމައަށް ބިރުދައްކައި ފޭރުނު ޒުވާނަކު ހައްޔަރުކޮށްފި

މަރައިލާނެކަމަށް ބުނެ މުސްކުޅި މަންމައަށް ވަޅިން ބިރުދައްކައި، މަންމަގެ އަތުން ފޭރުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އުމުރުން 57 އަހަރުގެ މަންމައަށް ބިރުދައްކައި، މާރާމާރީ ހިންގައި މަންމަގެ އަތުން ފޭރިގެންފައި ވަނީ މަންމަގެ ފޯނު ކަމަށެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފުލުހުންނަށް އެހާދިސާ ކިޔައިދިނީ އަންހެން މީހާކަމަށާއި، ހުޅުމާލެ ފޭސް 2ގެ ހިޔާގެ 13 ވަނަ ޓަވަރުގައި އެ އަންހެންމީހާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ފުލުހުން ދިޔައީ އެ އެޕާޓްމަންޓުން އަންހެނަކު ރޯއަޑު އިވިގެން ރިޕޯޓް ކުރުމުން ކަމަށެވެ.

ފުލުހުން ވިދާޅުވީ، ރޭ އިރުއޮއްސި 18:17 ހާއިރު ފުލުހުން އެ އެޕާޓްމަންޓަށް ވަނުމަށްފަހުން އަންހެންމީހާ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި މަންމައަށް އަނިޔާކުރު ދަރިފުޅު ހައްޔަރުކޮށްފައި ވަނީ މިއަދު ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެ، ހ. އެހަޑަ، މުހައްމަދު އިސްމާއިލް (28އ) އެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.