Advertisement

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް

19 Oct 2024
ޚަބަރު

ދައުލަތުގެ މާލީ ހިސާބުތައް އާއްމު ކުރުން ހުއްޓާލީ ކުރީ ސަރުކާރުގެ ސަބަބުން ކަމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ

ދައުލަތުގެ މާލީ ހިސާބުތައް އާއްމުކުރުން ހުއްޓާލާފައި އޮތީ، ކުރީ ސަރުކާރުން ބަޖެޓު ހިސާބުތައް ހެދުމުގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމުގައި މިހާރުގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ، މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަަވަމުންނެވެ.

މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ކުރީ ސަރުކާރުގައި ޚަރަދުކޮށްފައިވާ 2 ބިލިއަން ރުފިޔާއަށް ވީނުވީ ގޮތެއް ނޭނގޭ ކަމަށާއި، އެ މުއާމަލާތްތައް ދައުލަތުގެ މާލީ ހިސާބުތަކުގެ ތެރެއަށް ވައްދާފައި ނުވާކަމަށެވެ. އެހެންކަމުން ދައުލަތުގެ ހިސާބުތައް ހަމަޖެއްސޭނޭ ގޮތެއް ބެއްލެވުމަށްޓަކައި އޮޑިޓަރ ޖެނެރަލާއި އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި، އަދި ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވާފައިވާ ކަމުގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

"ޙަޤީޤަތުގައި މިދިމާވާ މައްސަލައަކީ މިސާލަކަށް، ފޮރިންގ ފަންޑެޑް ޕްރޮޖެކްޓެއް އޭގެ ފައިސާ ދޫކުރާނީ ކޮންޓްރެކްޓަރަށް. ދޫކުރާއިރު، އެކަމަކު މިނިސްޓްރީ އޮފް ފިނޭންސްއިން، އެދުނީމާ މިދޫކުރަނީ. އެ ދޭއިރުގައި އަޅުގަނޑުމެން މި ރެކޯޑު ނުކޮށްފިކަމަށް ވެއްޖިއްޔާ، ދެން އެއް އަހަރު ފަހުން އަންނައިރުގައި އަޅުގަނޑުމެންނަށް މިދަންނަވާ ކަހަލަ، މައްސަލަ ދިމާވާނެ ދެއްތޯ؟"

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މިދިޔައަހަރުގެ ބަޖެޓާއި ގުޅޭ މައްސަލަތައް ބަލައި އެކަންންކަން ހައްލުކުރުމަށް ޤާނޫނަށް އިސްލާޙެއް ގެންނަން ޖެހޭނަމަ އެކަންވެސް ކުރަންޖެހޭ ކަމަށެވެ. އަދި އެކަންކަމާއި ގުޅޭ ގޮތުން ބަންޑާރަ ނައިބާއިއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމުގައިވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓާއި ޚަރަދުތަކާއި ގުޅޭ ރިޕޯޓްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަލުން އާއްމުކުރަންފެށޭނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.