Advertisement

ހުރަވީ ސްކޫލް ---

17 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ހުރަވީ ސްކޫލުގެ ދަރިވަރު ނިޔާވާން ދިމާވި ހާދިސާ ހިނގިގޮތް ހާމައެއް ނުކުރި

މިއަދު ކުއްލި ގޮތަކަށް ހުރަވީ ސްކޫލުގެ ދަރިވަރަކު ސްކޫލުގައި އިންދައި ނިޔާވި ހާދިސާ ހިނގިގޮތް ހާމަކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެކޮޅު ހަދައިފިއެެވެ.

ނިޔާވި ކުއްޖާއަކީ ކުރިން އެއްވެސް ޞިއްޙީމައްސަލައެއް ހުރި ކުއްޖެއްތޯ ނުވަތަ ނޫންތޯ ސުވާލު ކުރުމުން އެމިނިސްޓްރީން ވިދާޅުވީ އެސުވާލަށް ޖަވާބުދޭން ބޭނުން ނުވާކަމަށެވެ. ނިޔާވި ދަރިވަރަކީ، ހުރަވީ ސްކޫލުގެ ގްރޭޑް 7 ގައި ކިޔަވަމުން އައި ދަރިވަރެއްކަން އެނގިފައިވެއެވެ. ނިޔާވި ދަރިވަރަކީ، އުމުރުން 13 އަހަރުގެ  ފާޠިމަތު ޝިމާ މުޙައްމަދެވެ.

ސަރުކާރާއި ގުޅުން އޮތް ބައެއް އޮންލައިންތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްޖާ ނިޔާވީ އިންޓަރވަލްގަޑީގައި ކާން އިންދައެވެ. އަދި އެކުއްޖާއަކީ ފިޓްޖެހޭ ކުއްޖެއްކަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އެހެންކަމުން ކުއްޖާ ނިޔާވީ، ކާން އިންދައި ކޮށިއަރައިގެން، ކާތަކެތި ނޭވާހޮޅީގައި ތާށިވެގެން ކަމަށް ބެލެވުނު ނަމަވެސް، ހާދިސާ ހިނގިގޮތާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ އިދާރާއިން އެއްޗެއް ވިދާޅެއް ނުވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުގެ އެމައްސަލަ ބަލަމުންދާ ކަމަށެވެ.

ހުރަވީ ސްކޫލުގެ ދަރިވަރަކު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެކުއްޖާގެ އާއިލާއަށާއި ރައްޓެހިންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.