Advertisement

ބަންޑާރަ ނައިބު އަޙްމަދު އުޝާމާއި، ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިން --

15 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ވޭޕް މަނާކުރުމަށް ޤާނޫނަށް ގެންނަ އިސްލާޙްތައް މިހަފްތާގައި މަޖިލީހަށް ފޮނުވާނެ

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ބޭނުންކުރުން މަނާކުރުމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ތަންފީޒްކުރެއްވުމަށްޓަކައި، ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މިހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމުގައި، ބަންޑާރަނައިބު، އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަނަ ނައިބު އުޝާމް މިހެން ވިދާޅުވީ، އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ. ވޭޕް މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ބަދަލުގެންނަން ޖެހޭނެއެވެ. 

އެކްސްގައި ލިޔުއްވި ޕޯސްޓްގައި އުޝާމް ވިދާޅުވީ، ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށެވެ. 

"އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގަ ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން."

ބަންޑާރަ ނައިބު އަޙްމަދު އުޝާމް --

ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ނިންމެވި ނިންމެވުމާއި އެކު ސަރުކާރާއި އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެނިންމުމަށް ތަޢޫރީފުކޮށްފައެވެ. އެހެން ނަމަވެސް ބައެއް އެހެން ފަރާތްތަކުން ވަނީ ރައީސްގެ އެނިންމެވުމަށް ފާޑުވެސް ކިޔާފައެވެ.

ދުނިޔޭގެ 35 ޤައުމެއްގައި މިހާރުވެސް ވޭޕް އެތެރެކުރުން މަނާކޮށްފައިވެއެވެ. އެހެން ނަމަވެސް އޭގެތެރެއިން ބައެއް ޤައުމުތަކަކީ، އެޤައުމުތަކުގައި ފުޅާ ދާއިރާއެއްގައި ވޭޕް އުފައްދައި އޭގެ ވިޔަފާރި ކުރަމުން އަންނަ ޤައުމުތަކެވެ.

ވޭޕަކީ އޭގެ ދުމުގެ ސަބަބުން އިންސާނާގެ ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންދޭ އެއްޗަކަށް ވާތީ، ވޭޕް މަނާކުރުމަށް ޑޮކްޓަރުންނާއި، ޞިއްޙީދާއިރާގެ ތަޖުރިބާކާރުންނާއި، ބެލެނިވެރިން އައީ ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.