Advertisement

ޕީއެންސީގެ މަޖިލިސް މެމްބަރުން --

16 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރުމަށް ސަރުކާރު ހިންގާޕާޓީން ސަރުކާރަށް ގޮވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ނިންމެވުމާއި އެއްގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ސަރުކާރަށް ގޮވާލައިފިއެވެ.

ޕީއެންސީން ވަނީ، އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް ގޮވާލައި ނޫސްބަޔާނެއް ނެރެފައެވެ. އެނޫސް ބަޔާނުގައި ޕީއެންސީން ބުނެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެޕާޓީން ތާއީދު ކުރާ ކަމެއް ކަމަށެވެ.

އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށްވެސް އެ ޕާޓީން އިލްތިމާސްކުރާ ކަމުގައި ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުމާއި ގުޅޭ ބިލް މަޖިލީހުގައި ޕާކުކޮށްފައި އޮތީވެސް، ޕީއެންސީގެ ނުފޫޒުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އެޕާޓީގެ ސުޕަރ މެޖޯރިޓީ އޮތް އިރު، އެޕާޓީން ބޭނުންވާނަމަ އިޒްރޭލް ޕާސްޕޯޓު މަނާކުރުމާއި ގުޅޭ ބިލް މަޖިލީހުން 24 ގަޑިއިރުގެ ތެރޭގައިވެސް ފާސްކުރެވިދާނެއެވެ. އެހެން ނަމަވެސް އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށައެޅުއްވި އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ 241 ކޮމިޓީގައި އޮންނަތާ 4 މަސްދުވަސް ވަނީ ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.