Advertisement

03 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ ބައްޕާފުޅު އަވަހާރަވެއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލާއި، ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ސަފީރު ފަރަހަނާޒް ފައިސަލްގެ ބައްޕާފުޅު، ޢަބްދުލްމަޖީދު މާހިރު އަވަހާރަވެއްޖެއެވެ.

ޢަބްދުލްމަޖީދު މާހިރަކީ ކުރީގެ ރައީސް އިބްރާހިމް ނާޞިރުގެ ބޮޑު ބޭބޭފުޅެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި މަހްކަމަތުލް އަމަން އާންމުގެ ވެރިޔާގެ ނައިބުގެ މަގާމު އޭނާ ފުރުއްވިއެވެ. މީގެ އިތުރުން މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއްވެސް އޭނާ ފުރުއްވާފައިވެއެވެ.

ދިވެހި ބޭސްވެރިކަމާއި ތާރީޚަށްވެސް ގިނަ ޚިދުމަތްތަކެއްކޮށްދެއްވި ޢަބްދުލްމަޖީދު މާހިރަކީ އެ ރޮނގުން ފޮތްތައްވެސް ލިޔުއްވާފައިވާ ބޭފުޅެކެވެ. 

ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަން ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން، މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއްގެ އިތުރުން ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެއްކަމާއި ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ވަނީ އެއާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ޢަބްދުލްމަޖީދު މާހިރު އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރުފުޅެވެ.

އަލްމަރްހޫމް ޢަބްދުލްމަޖީދު މާހިރުގެ މޫނު ދެއްކުމާއި ކަށު ނަމާދުކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށު ނަމާދު ކުރުން އޮންނާނީ މިރޭގެ، ޢިޝާނަމާދަށް ފަހުގައި، މަސްޖިދުއްސުލްޠާން މުޙައްމަދުތަކުރުފާނުލްއަޢުޡަމްގައެވެ. ޖަނާޒާ އޮންނާނީ ގަލޮޅު ޤަބުރުސްޠާނުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.