Advertisement

އިސްލާމީ މަރުކަޒުގެ މުންނާރު ---

03 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އިސްލާމީ މަރުކަޒުގައި އަލަށް މަސްފެންގަނޑެއް ހަދާކަށް ނޫޅޭ: މިނިސްޓަރ ޝަހީމް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްލާމީ މަރުކަޒުގައި އަލަށް މަސްފެންގަނޑެއް ހަދަން ނޫޅޭ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމިނިސްޓްރީ ކުރި އިއުލާނަކާއި ގުޅިގެން ނޫސްތަކުގައި އެވާހަކަތައް ލިޔުމުން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ، އެމަރުކަޒުގެ 40 ވަނަ އަހަރީ ދުވަހަށް މުންނާރުގެ ބުޑުގައި މަސްފެންގަނޑެއް ހަދަން ބޭނުންވާ ކަމުގައި ހާމަކޮށް އެކަމަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައެވެ. އެހެން ނަމަވެސް އިސްލާމީ މަރުކަޒުގެ މުންނާރު ބުޑުގައި އޮންނަ ފެންގަނޑަކީ ވަރަށް ކުރިއްސުރެ އެތަނުގައި ހަދާފައި އޮންނަ، އަދި ފަހުން ނުބަލަހައްޓައި ދޫކޮށްލާފައި އޮތް ތަނެކެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދީ ހާލަތަށް ރިޢާޔަތްކޮށް އެފަދަ ކަންކަން ކުރުން ރަނގަޅުކަމަށް ނުފެންނާތީ އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނު ބާޠިލްކުރުމަށް އަންގަވާފައި ވާކަމަށެވެ.

އޭގެ ފަހުން އެކަމާއި ގުޅޭ ގޮތުން މިނިސްޓަރ ޑރ. ޝަހީމް ކުރެއްވި ދެވަނަ ޕޯސްޓުގައި ވިދާޅުވީ، އިސްލާމީ މަރުކަޒުގެ މުންނާރު ބުޑުގެ ވަށައިގެން ހަދާފައި އޮންނަ ފެންގަނޑަކީ، މަރުކަޒު ހެދީއްސުރެ އޮންނަ ފެންގަނޑެއް ކަމަށާއި، މިނިސްޓްރީން އުޅުނީ އެތަން ހަލާކުވެފައި އޮތީމާ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށަށް ކަމަށެވެ. އަދި ނޫސްތަކުގައި ޚަބަރު ފަތުރާފައިވާ ގޮތަށް، އަލަށް އެތަނުގައި މަސްފެންގަނޑެއް ހަދަން އުޅެނީ ނޫންކަމުގައި ވެސް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.