Advertisement

ހުޅުމާލެ އަމީން އެވެނިއުގެ އެޕާޓްމެންޓް ބިލްޑިންގތައް--

04 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އެފްއޭއެމްގެ ފައިސާއިން ބައްސާމް ގަތް ދެ ފްލެޓް ފުލުހުންގެ ބެލުމުގެ ދަށަށް ނަގަނީ!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު، ހުޅުމާލެއިން ގަނެފައިވާ އެޕާޓްމެންޓްތައް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. 

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ އެެޕާޓްމަންޓްތައް ފުލުހުންނާއި ހަވާލުކުރުމަށް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓްތައް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މި އެޕާޓްމަންޓްތަކަކީ، ބައްސާމް ހުޅުމާލެ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެވެ. އެއީ ޕެންޓްހައުސްއެއް ގޮތަށް ހުރި ލަގްޒަރީ އެޕާޓްމެންޓްތަކެކެވެ. އެ އެޕާޓްމަންޓްތައް ބައްސާމް ގަނެފައި ވަނީ، ފީފާއިން އެފްއޭއެމްއަށް ދިން ކޯވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެންނެވެ. އަދި އެ އެޕާޓްމަންޓްތައް ބައްސާމް ގަނެފައި ވަނީ، 2021 ވަނަ އަހަރުގެ ތެރޭގައެވެ.

ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންނާއި ޚިޔާނާތުގެ ދައުވާތައް އުފުލާފައެވެ. އަދި އެ ދައުވާތަކާއި ގުޅިގެން ބައްސާމުގެ ޕާސްޕޯޓުވެސް އޮތީ ހިފަހައްޓާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.