ޚަބަރު
24 Sep 2024
ޚަބަރު
ރައީސް ޑރ. މުޢިއްޒު ފަލަސްތީނުގެ ރައީސާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ މައްސަލައިގައި އަބަދުވެސް ދިވެހިރާއްޖެއިން އޮންނާނީ ފަލަސްޠީނާއިއެކުގައި ކަމަށް ވިދާޅުވެފައެވެ.
24 Sep 2024
ޚަބަރު
ފަލަސްޠީނަށް ތާޢީދުކުރުމުގައި ދިވެހިރާއްޖެ ދެމި އޮންނާނެ: ރައީސް
އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުގައި، ދެއްވި ބަސްދީގަތުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ދިވެހިންގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް ވެދެވެން އޮތް ކޮންމެ އެހީއެއް ވެދެމުންދާނެ ކަމަށެވެ.
23 Sep 2024
ޚަބަރު
ހަލީމްގެ މަރަށް 12 އަހަރު: ސުޕްރީމްކޯޓުން ޙުކުމްކުރީ މައްސަލަ އަލުން ބަލަން!
އާދަމް ހަލީމް މަރާލުމުގެ ކުށް، ކ. ކާށިދޫ، ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ، 2013 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ 7 އަހަރު ފަހުން، ސެޕްޓެމްބަރު 30، 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ނިންމީ، ސަމާޙްގެ މައްޗަށް ކްރިމިނަލްކޯޓުން އިއްވި ޙުކުމް ރަނގަޅު ކަމަށެވެ. އަދި ކްރިމިނަލްކޯޓުން ސަމާޙުއަށް މަރުގެ އަދަބު ދިނުމަށް އިއްވި ޙުކުމް އެކޯޓުން ވަނީ ދަމަހައްޓާފައެވެ.
23 Sep 2024
ޚަބަރު
މައްސަލަތައް އަވަސްކުރުމަށް ސީޕީއާ ޕީޖީ މަޝްވަރާކުރައްވައިފި
ދެބޭފުޅުންގެ މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އާދީއްތަ ދުވަހު، ދިވެހި ފުލުހުންގެ ހެޑްކުއާޓަރޒް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ.
23 Sep 2024
ޚަބަރު
އެމެރިކާގައި ދިރިއުޅޭ ބައެއް ދިވެހިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަކިވަކި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެެވެ. އަދި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވައި އެފަރާތްތައް ބޭނުންވާކަންކަން ބައްލަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
23 Sep 2024
ޚަބަރު
ޔޫއެންގެ އެސްޖީއާ ރައީސް ބައްދަލުކުރައްވައިފި
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ މާލީ ޙާލަތަާއި، ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ތަކުގެ މައުލޫމާތުވެސް އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާކުރައްވާފައެވެ. އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމުގައި، ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް ލިބުން މުހިންމުކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
23 Sep 2024
ޚަބަރު
މަލްޓިލެޓަރަލް ނިޒާމަކީ ޢަމަލީ ގޮތުން ބޭނުން ހިފޭ ނިޒާމަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި
މިގޮތުން، ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމެވެ. ދެވަނައަށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރެއްވި އިރު، ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަޞީލަތްތަކުގެ މުހިންމުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
23 Sep 2024
ޚަބަރު
މިސަރުކާރު ވެރިކަމަށް އައިފަހުން 4000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބު މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައި ވަނީ، މިއަހަރުގެ ޖޫންމަހުގައެވެ.
23 Sep 2024
ޚަބަރު
ގެއްލުނު 32000ރ ގެ އަގުހުރި ފޯނެއް ފުލުހުން ހޯދައިދީފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭ ދީދީ ގޯޅި ތެރޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓްތެރޭގައި މީހަކަށް ހަނދާންނެތި ބޭއްވުނު ފޯނު ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ، މިމަހުގެ 21 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެރިޕޯޓާއި ގުޅިިގެން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، އެ ފޯނު ގެންދިޔަ މީހާ ހޯދައި، އެފޯނު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
22 Sep 2024
ޚަބަރު
ސްރީލަންކާގެ އައު ރައީސަށް ރައީސް ޑރ. މުއިއްޒު ތަޙްނިޔާ ވިދާޅުވެއްޖެ
އެމަނިކުފާނަށް މަރުޙަބާ އާއު ތަޙްނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސްރީލަންކާގެ އިންޚާބީ ރައީސްގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭ ކަމުގައި އުއްމީދުކުަރައްވާ ކަމަށެވެ.
22 Sep 2024
ޚަބަރު
ސަމިޓް އޮފް ދަ ފިއުޗަރގައި ރައީސް ބައިވެރިވެވަޑައިގެންފި
މި ސަމިޓަކީ ޤައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
22 Sep 2024
ޚަބަރު
ނުހައްޤު ފައިދާ ނަގާ ގަރާޖު ސިޓީ ހުށައަަޅަން ނުޖެހޭ ގޮތަށް ޤަވާއިދަށް ގެނައި ބަދަލަށް މިސަރުކާރުން އެއްވެސް އިރަކު އަމަލެއް ނުކުރޭ: ޓްރާންސްޕޯޓް
ޓްރާންސްޕޯޓް މިނިސްޓްރީން، ޤަވާއިދަށް ގެނައި ބަދަލު ދިފާޢުކޮށް އެކްސްގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މިދިޔަ ހަފްތާގައި ޓެކްސީ ގަވާއިދަށް ގެނެވުނު 3 ވަނަ އިސްލާޙަކީ، 2023 ވަނަ އަހަރުގެ ފަހުކޮޅު ގަރާޖަކާ ނުލާ 10،000 ރުފިޔާއަށް ޓެކްސީ ރެޖިސްޓަރ ކުރެވޭނެކަމަށް ގެނެވުނު އިސްލާޙް އުނިކުރުމަށް ފަހު، ކުރިންވެސް އޮތްގޮތަށް ޓެކްސީ ގަވާއިދަށް އަމަލުކުރުމަށް ގެނެވުނު އިސްލާޙެއް ކަމަށެވެ.
22 Sep 2024
ޚަބަރު
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރަން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މިލޯނުގެ ދަށުން އާރ.އެސް.ޑަބްލިއު ސިސްޓަމާއި އެކު ޖަނެރޭޓަރާއި ސޯލާ ޕީވީ ގަނެވޭގޮތަށް ހަމަޖެހިފައި ވާއިރު، ގަންނަ ތަކެތީގެ އަގުން 35 އިންސައްތަ ޑިސްކައުންޓްވެސް ލިބޭ އިރު، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ދިހަ އަހަރަށް ބަހާލެވޭނެއެވެ.
22 Sep 2024
ޚަބަރު
ފަޒީގެ ހިޖާމާ ކުލިނިކް ބަންދުކުރަން ފުލުހުން ނުކުމެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހެލްތު މިނިސްޓްރީން އެ އިދާރާއަށް ހުށައަޅާފައި ވަނީ، ހުއްދަ ނުނަގައި ހުޅުމާލޭގައި ހިންގަމުން އަންނަ ކްލިނިކެއްގެ މައްސަލަ ކަމަށެވެ. އެއީ ކޮން ކްލިނިކެއްކަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އެކްލިނިކަކީ، ފަޒީސް ހިޖާމާ ތެރަޕީގެ ނަމުގައި ހިންގަމުުން އަންނަ ކްލިނިކްކަން އެނގިފައިވެއެވެ.
22 Sep 2024
ޚަބަރު
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި
އެތިން މީހުންނަކީ، ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ، މޮލްވި މުޙައްމަދު ހާރޫން (49އ) އާއި، ވ. ސިނަމާލެ 4 3-03 ޝާހިލް މުޙައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު ޢައްފާނު (25އ) ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
22 Sep 2024
ޚަބަރު
ތަރައްޤީ ހޯދޭނީ އިޙްތިރާމް ހޯދައިގެން : ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށް ކަމަށެވެ.