Advertisement

ރައީސް ޑރ. މުއިއްޒު އާއި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަ ސިންހަ --

24 Sep 2024
ޚަބަރު

އިންޑިއާ އައުޓް ކެމްޕޭނުގެ ބޭނުމަކީ އިންތިޚާބު ކާމިޔާބު ކުރުންކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި: ރަނިލް

އިންޑިއާ އާއި ދެކޮޅު ވަޢުދުފުޅު ތަކަކީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، ވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ވަޢުދުފުޅުތަކެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ކަމުގައި، ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ ފަސްޓް ޕޯސްޓަށް ދެއްވި ބަސްދީގަތުމުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުގައެވެ. 

އިންޑިއާ އާއި ދެކޮޅު ވަޢުދުތަކަކީ، އިންތިޚާބު ކާމިޔާބުކުރުމަށް ވެވަޑައިގަންނަވަން ޖެހުނު ވަޢުދުތަކެއްގެ ގޮތުގައި ރަނިލްގެ އަރިހުގައި، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެހެން ވިދާޅުވީ ކޮން ބައްދަލުވުމެއްގައި ކަން ހާމަކުރައްވާފައެއް ނުވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި، ސްރީލަންކާގެ ކުރީގެ ރައީސް ރަނިލްވިކްރަމަ ސިންހަ ދެ ފަހަރެއްގެ މަތިން ބައްދަލުުކުރައްވާފައިވެއެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވި ދުވަސް ކަމުގައިވާ 17 ނޮވެމްބަރު 2023 ގަޔާއި، 9 ޖޫން 2024 ގައި އިންޑިއާގެ ދިއްލީއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެމަނިކުފާނުގެ ސަރުކާރު ހުވާކުރެއްވުމުގެ ދަރުބާރު އޮތް އެ ދުވަހުވެސް ރަނިލްއާ ޑރ. މުޢިއްޒު ބައްދަލުވެވަޑައިގެންނެވިއެވެ.

ރަނިލްގެ އިންޓަރވިއުގައި ފާހަގަކުރެއްވި ގޮތުގައި، އިންޑިއާ އާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގުޅުން ބަދަހިކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމުގައިވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އަމާން
އިންޑިޔާ އައުޓް ކިޔައިގެން ހެދި މަކަރު ފަޅާއެރީ.....ޢުމަރު ދެއްކި ވާހަކަ ދިމާވޭ...އިންޑިޔާ ސިފައިން ނުބޭލޭ...ޙައްލަކީ ޢުމަރު.
24 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.