Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

25 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

މޫސުމަށް އަންނަ ބަަދަލުތަކުން އެތައް އަހަރެއްގެ ކުރިއެރުންތައް ނެތިގެންދޭ: ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ އެތައް އަހަރުތަކެއްގެ ކުރިއެރުންތައް ނެތިގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ތަޤުރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޤުރީރުގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ވައި ތަޣައްޔަރުވުމާއި ދިރުންތައް ނެތިދިއުންފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި އިންސާނިއްޔަތަށް އެންމެ ބޮޑު ނުރައްކަލެއް އޮތް މައްސަލައަކީ މޫސުމީ ބަދަލުތައް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެމަނިކުފާނުގެ ތަޤުރީރުގައި އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ އެތައް އަހަރުތަކެއްގެ ކުރިއެރުންތައް ނެތިގެންދާކަމަށާއި އަދި ޤައުމުތަކުގެ ތަރައްޤީގެ ކަންކަމަށް ހޭދަކުރުމަށް ހުންނަ މަދު ވަޞީލަތްތައް ކުއްލި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހޭދަކުރަންޖެހިފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ވަޞީލަތްތަކާއެކު އެ މައްސަލަ ޙައްލުކުރުމުގެ ނިޔަތާއެކު އަދި ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތަކެއް މިހާރުން މިހާރަށް ހޯދުމަށް މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ މާލީ އެހީތެރިކަން ހަމަޖެހުމުގައި ކުރިމަތިވާ ދަތިތައް ކުޑަކުރުމުގައި އެއްބާރުލުން ދިނުމަށް މުއްސަނދި އަދި އެންމެ ގިނައިން ވިހަ މާއްދާތައް ޖައްވަށް ބޭރުކުރަމުންދާ ޤައުމުތަކުން ދީފައިވާ ޔަޤީންކަމާ އެއްގޮތަށް އެފަރާތްތަކުން މަސައްކަތްކޮށްދެއްވުމަށް ވެސް ގޮވާލައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.