Advertisement

މުޙައްމަދު ސަމާޙް އާއި އޭނާގެ ޤާނޫނީ ވަކީލު ޙަމްޒާ ލަޠީފް --

23 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ހަލީމްގެ މަރަށް 12 އަހަރު: ސުޕްރީމްކޯޓުން ޙުކުމްކުރީ މައްސަލަ އަލުން ބަލަން!

ޖުލައި 23، 2012ގައި ކ. ކާށިދޫގައި ޑިއުޓީގައި ހުއްޓައި ވަޅިއަކުން ހަމަލާދީ މަރާލި، ޕޮލިސް ސަރޖަންޓް އާދަމް ހަލީމްގެ މަރާލުމުގެ ކުށް ސާބިތުވި، މުހައްމަދު ސަމާހުގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އަންގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ޙުކުމް ކޮށްފިއެވެ.

އާދަމް ހަލީމް މަރާލުމުގެ ކުށް، ކ. ކާށިދޫ، ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ، 2013 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ 7 އަހަރު ފަހުން، ސެޕްޓެމްބަރު 30، 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ނިންމީ، ސަމާޙްގެ މައްޗަށް ކްރިމިނަލްކޯޓުން އިއްވި ޙުކުމް ރަނގަޅު ކަމަށެވެ. އަދި ކްރިމިނަލްކޯޓުން ސަމާޙުއަށް މަރުގެ އަދަބު ދިނުމަށް އިއްވި ޙުކުމް އެކޯޓުން ވަނީ ދަމަހައްޓާފައެވެ.

ކްރިމިނަލްކޯޓުން ސަމާޙް މެރުމަށް ކުރި ޙުކުމާއި، އެޙުކުމަށް ތާއީދުކޮށް ޙުކުމް ދަމަހައްޓައި، ސެޕްޓެމްބަރު 30، 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމް، ބާޠިލްކޮށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ޙުކުމް ކުރީ މިއަދުއެވެ.

އިސްތިއުނާފުގައި ސަމާޙުގެ ފަރާތުން ފާހަގަކޮށްފައި ވަނީ، އޭނާ ފުރަތަމަ މަރުހަލާގައި ކުށަށް އިޢުތިރާފްވެފައި ވަނީ، ފުލުހުން އޭނާއަށް ބިރުދައްކައި އަނިޔާކުރުމުގެ ސަބަބުން ކަމަށެވެ. އަދި ސަމާޙުގެ ފަރާތުން އެދިފައި ވަނީ އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގައި އަމުރުކޮށްދިނުމަށެވެ.

ކޮމެންޓް
ާއަހުމަދު
ދަށުކޯޓުތަކުގައި ތިބޭ ފަނޑިޔާރުން ކުރާ ސަރިއަތްތަކުގެ ފެންވަރު ދައްކަމުން މަތީކޯޓުން ސަރިއަތްތައް ބާތިލުކުރުމުން ބޮޑެތި ގާތިލުން މިނިވަން ވާއިރު މިފަދަ މީހުނަށް ހައްގު އަދަބު ދިނުމުގައި މަތީކޯޓުގެ ދައުރެއް ނޯވޭބާ.
24 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.