Advertisement

"ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ" ބައްދަލުވުމުގެ ތެރެއިން ---

24 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީ ކުރިއަރުވައި، ޑިޖިޓަލައިޒޭޝަން ފުޅާކުރުމުގެ މަގު އިތުރަށް ފަހިވެއްޖެ : ރައީސް

"ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބެލެހެއްޓުމުގެ ފުރުޞަތު ރާއްޖެއަށް ލިބުމުން، ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީ ކުރިއަރުވައި، ޑިޖިޓަލައިޒޭޝަން ފުޅާކުރުމުގެ މަގު އިތުރަށް ފަހިވެގެން ހިނގައްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުނ މިހެން ވިދާޅުވީ، ސަމިޓް އޮފް ދަ ފިއުޗަރގައި، "ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްފަހުގައި އާއްމު ކުރެއްވި ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އދ. ގެ މެމްބަރު ޤައުމުތަކުގެ ތެރެއިން 190 އެއްހައި ޤައުމުތަކުން ބައިވެރިިވި އެ ބައްދަލުވުމުގެ ކޯޗެއާކަން ކުރަން ދިވެހިރާއްޖެއަށް ލިބުނު ކަމަކީ، ރާއްޖޭގައި ކުރިޔަށް ގެންދަން ބޭނުންވާ، ޑިޖިޓަލް އިކޮނޮމީ ކުރިޔަށް ގެންދިޔުމާއި ޑިޖިޓަލައިޒޭޝަން ފުޅާކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދިޔުމުގައި، ލިބުނު ވަރަށް މުހިއްމު ފުރުޞަތެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެނަން އިންޓަރނޭޝަނަލް ކޮމިއުނިޓީގައި ފާހަގަވެގެންދާން ލިބުނު ފުރުސަތެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިކަމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށާއި އަދި އެއީ އެދާއިރާގެ ގުޅުންހުރި ފަރާތްތަކާއި ގުޅުންތައް ބަދަހިކުރުމަށް ލިބިގެން ދިޔަ ފުރުޞަތެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.