ޚަބަރު
ޚަބަރު
12 Sep 2024
ޚަބަރު
ބީއެމްއެލް އިންޓަރޝިޕްއަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސްއިންކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ، ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 17 ސެޕްޓެމްބަރު 2024 ގެ ކުރިން ހުށައަޅަން ޖެހޭނެ ކަމަށެވެ. މި އިންޓާޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން އެކަމަށް އެެދި ހުށައަޅަންޖެހޭނީ އޮންލައިން ކޮށެވެ.
12 Sep 2024
ޚަބަރު
މިނިސްޓަރ އާދަމް ނަސީރާއި އެމިނިސްޓްރީގެ އެކްޓިން ޕީއެސްއާ ދެކޮޅަށް ޕެޓިޝަނެއް ހުށައަޅައިފި
މުވައްޒަފުން ހުށައަޅާފައިވާ ޕެޓިޝަނުގައި ވަނީ، މުވައްޒަފުންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންކަން ބަހާއި އަމަލުން ކުރައްވާ ކަމުގެ ތުހުމަތު ތަކާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މުވައްޒަފުންލައްވައި، މަޤާމާއި މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާގައި ނުހިމެނޭ ކަންކަން ކުރުވާ ކަމަށާއި، އަދި މުވައްޒަފުންނާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.
12 Sep 2024
ޚަބަރު
ބޮޑު ފައިދާއިގައި ބޭސްވިއްކުން ހުއްޓުވުމަށް ރައީސް އަންގަވައިފި
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ. އަދި ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގަވާފައި ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
12 Sep 2024
ދުނިޔެ
ނައިޖީރިއާގެ އިރުއުތުރުގެ ހިސާބެއްގައި ފެންބޮޑުވެއްޖެ
ކޯރުން ދައުރުވާ ފެން ހިފެހެއްޓުމަށް ހަދާފައިވާ ޑޭމެއް ވެއްޓުމުގެ ސަބަބުން ނައިޖީރިއާގެ އިރުއުތުރުގެ ހިސާބެއްކަމުގައިވާ، ބޯނޯގައި ފެންބޮޑުވެ އެ ހިސާބު އެއްކޮށް ފެނު އަޑިއަށް ގޮސްފިއެވެ. މި ހާދިސާގެ ސަބަބުން އެ ހިސާބުގެ އެތައް މިލިއަން މީހަކަށް ގެއްލުންވުމުގެ އިތުރުން، އެ ހިސާބުގެ އަވަށެއް ކަމުގައިވާ މައިޑުގުރީގައި ހުރި ޒޫއަކަށް ގެއްލުންވެ، އެތާންގައި ތިބި ކިނބޫތަކާއި ހަރުފަތަށް ވެސް ވަނީ އާންމުން ދިރިއުޅޭ ހިސާބުތަކަށް ގޮސްފައެވެ.
12 Sep 2024
ޚަބަރު
އިއްޔެ ކުޅުދުއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު މާލެ ގެންނަނީ!
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެ މީހާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 8:30 ހާއިރު އެވެ. އަދި އެމީހާ ފަޅުތެރެއިން ނަގައިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
12 Sep 2024
ޚަބަރު
މީހެއްގެއަތުން މަގުމައްޗަށް ގެއްލުނު 17000 ރުފިޔާ ފުލުހުން ހޯދައިދީފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މީހެެއްގެ ޖީބުން މަގު މައްޗަށް ވެއްޓި 17000 ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައި ކަމަށެވެ.
11 Sep 2024
ޚަބަރު
ހޯމް މިނިސްޓްރީގެ ދަށަށް ކޭމް ބަދަލުކޮށްފި
މިސަރުކާރުން، ސަރުކާރުގެ އިދާރީ އޮނިގަނޑު އެކުލަވައިލި އިރު، އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ އެއިދާރާ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުން ހިނގަމުން ގެންދާ ގޮތަށެވެ.
11 Sep 2024
ޚަބަރު
ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު މިހާގެ ހަށިގަނޑު މާލެ ގެނެސްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުގެ އެމައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، އެމައްސަލަ ބަލަމުންދާ ކަމަށެވެ.
11 Sep 2024
ޚަބަރު
ކުޅުދުއްފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އެރަށުން މައުލޫމާތު ދިން ގޮތުގައި ފަޅު ތެރޭގައި އޮތް އެމީހާ އޮތީ މަރުވެފައެވެ. އަދި އެއީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އެރަށުގެ ޒުވާނެއް ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ. އެއީ މުޙައްމަދު ޙަސަން ނަމަކަށް ކިޔާ އުމުރުން 36 އަހަރުގެ ޒުވާނެއް ކަމުގައިވެސް ކުޅުދުއްފުށިން މައުލޫމާތު ދިން ބައެއް މީހުން ބުނެފައި ވެއެވެ.
10 Sep 2024
ޚަބަރު
އަލިފާނުގެ ހާދިސާ ހިނގިގެ ސަރުކާރުން ތަޅައިލަނީ!
އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ހ. ދޫހިމެރިގެއަކީ، ޑެކް އަޅައިގެން ފިލަޔާއި ލަކުޑިއާ ޓިނު ބޭނުންކޮށްގެން ތިންބުރިއަށް ހަދާފައިވާ ގެއެކެވެ. އިއްޔެ މެންދުރުފަހު 14:48 ހާއިރު އެގޭގަިއ ރޯވި އަލިފާން ނިވާލެވުނީ، އެގޭގެ ބައެއް ބައިތައް މުޅިން އަނދައިގެން ދިޔަ ފަހުންނެވެ. އަދި އަލިފާނުގެ އެ ހާދިސާގައި ޖެހިގެން ހުރި އިމާރާތަށްވެސް ގެއްލުންތައް ލިބުނެވެ. އަދި ރޭވެސް އެގޭގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.
10 Sep 2024
ޚަބަރު
ސަސްޕެންޝަނަށް 9 މަސް ފަހުން މަލްޝާ އާއި ޝިއުނާ މަޤާމުން އިސްތިއުފާދީފި
އެދެމީހުން މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައި ވީނަމަވެސް 9 މަސް ދުވަސް ފަހުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. މަލްޝާ އާއި ޝިއުނާ މަޤާމުން ސަސްޕެންޑްކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގައެވެ.
10 Sep 2024
ޚަބަރު
ސަބްސިޑީއަށް ގެންނަ ބަދަލުތައް މަހެއްހައި ދުވަހުގެ ތެރޭގައި ހާމަކުރާނެ!
ރާއްޖޭގައި މިހާރު ސަބްސިޑީ ދެވެމުން އަންނަ އުސޫލުތަކަކީ، އިޤުތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑު ކަމެއް ކަމުގައިވާތީ، ސަބްސިޑީދޭ އުސޫލުތަކަށް ބަދަލު ގެނައުމަށް ދުނިޔޭގެ މާލީ އިދާރާތަކުންވެސް ވަނީ ސަބްސިޑީދޭ އުސޫލުތައް ހަރުދަނާ ކުރުމަށް ސަރުކާރަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
10 Sep 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެދަތުރުފުޅު ކުރައްވާނޭ ތާރީޚެއް ކަނޑައެޅުއްވުމާއި ގުޅޭ ގޮތުން ދެޤައުމުގެ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރައްވަމުންދާ ކަމަށެވެ.
10 Sep 2024
ޚަބަރު
މަރުގެ މައްސަލަ ތަޙްޤީޤު ކުރަން ފުލުހުންގެ ޚާއްޞާ ޓީމެއް ހޮޅުދޫއަށް!
ހޮޅޫދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމަށް އެރަށަށް ފުލުހުންގެ ޚާއްޞަ ޓީމެއް ފުރައިފިއެވެ.
10 Sep 2024
ޚަބަރު
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއި އެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި އަންހެނަކު ޒަޚަމްވެފައި އޮތް ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުުހުން އެގެއަށް ގޮސް އެއަަންހެންމީހާ އެރަށު ސިއްޙީމަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް އެމަރުކަޒުން އެމީހާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
10 Sep 2024
ޚަބަރު
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން: އެންޑީއެމްއޭ
އެންޑީއެމްއޭއިން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އަަދަދު 57 އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ.