Advertisement

ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި ހޮސްޕިޓަލް --

12 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އާސަންދަ ކަނޑާލިކަމަށް އާއިލާއިން ބުނާ މީހާގެ ބޭސްފަރުވާއަށް މިހާތަނަށް 1.5 މިލިއަން ރުފިޔާވަނީ ދައުލަތުން ދީފައި!

އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ ޢާއިލާއެއް ޙާލުގައި ޖައްސައިފި ކަމަށް އާއިލާއިން ކުރާ ތުހުމަތުތައް، އާސަންދައިން ދޮގުކޮށްފިއެވެ.

ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ބަލި މީހަަކަށް އާސަންދައިން އެހީ ކަނޑާލާފައިވާ ކަމަށް ބުނެ، އާއިލާއިން އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރަމުންނެވެ. އެކަމާއި ގުޅިގެން އެކަން ހިނގައި ގޮސްފައިވާ ގޮތް ސާފުކޮށްދީ އާސަންދައިން ވަނީ ބަޔާނެއް މިއަދު ނެރެފައެވެ.

އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން 65 އަހަރުގެ އެމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ ޢަރަބިއާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންދެވިފައިވާ މީހެކެވެ.  މިގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަރުފިޔާ މިހާތަނަށް އެމީހާއަށް ވަނީ ހަމަޖައްސައިދީފައެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ސްޓްރޯކެއް ޖެހިފައި ވަނީ މައްކާގައި ހުއްޓައެވެ. އާސަންދައިިން ހާމަކޮށްފައިވާ ގޮތުގައި އެމީހާއަށް ފަރުވާދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީ އަށެވެ. އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިންގ ތެރަޕީ އަދި ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓަރ ސީ.އެމް.އައި އިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ 14 މާރިޗު 2024 ގައެވެ. ބަލިމީހާގެ ޙާލަތު ފުރިހަމައަށް އިވެލުއޭޓްކުރުމަށްފަހު، މިއަހަރުގެ އޮގަސްޓު 18 އާއި ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން ވަނީ އެޕްރޫވަލް ދީފައި ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް 14 އޮގަސްޓު 2024 ގައި ޢާއިލާއާއެކުވަނީ ވާހަކަދެކެވިފައިވާ ކަމުގައިވެސް އާސަންދައިން ވަނީ ހާމަކޮށްފައެެވެ. އަދި ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދީ، ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު 3 ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުންވެސް އާއިލާ އާއެކު ވާހަކަ ދެކެވުމު ކަމުގައި އެކުންފުނިން ހާމަކޮށްފައި ވެއެވެ.

އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި، 18 އޮގަސްޓު 2024 ގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދު ތަކުގެ ފައިނަލް ބިލު ލިބިފައިވާއިރު، އެބިލަށް ޖުމްލަ 89،339.91 އެމެރިކާ ޑޮލަރު އަރާފައި ވެއެވެ. އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވަލް ދީފައި ކަމުގައިވެސް އާސަންދަ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.