Advertisement

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ހިންގާ އިމާރާތް --

12 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

މިނިސްޓަރ އާދަމް ނަސީރާއި އެމިނިސްޓްރީގެ އެކްޓިން ޕީއެސްއާ ދެކޮޅަށް ޕެޓިޝަނެއް ހުށައަޅައިފި

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް, އާދަމް ނަޞީރާއި އެމިނިސްޓްރީގެ އެކްޓިން ޕަރމަނަންޓް ސެކެޓްރީ އާއި ދެކޮޅަށް، އެމިނިސްޓްރީގެ މުވައްޒަފުންތަކެއް، ސިވިލް ސަރވިސް ކޮމިޝަނަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

އެމިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ހުށައެޅި އެޕެޓިޝަނުގައި ވަނީ މިނިސްޓަރ އާދަމް ނަޞީރަށާއި، އެވުޒާރާގެ އެކްޓިން ޕީއެސްގެ މައްޗަށް ގިނަ ތުުހުމަތުތަކެއްކޮށް އެފަރާތްތަކާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ.

މުވައްޒަފުން ހުށައަޅާފައިވާ ޕެޓިޝަނުގައި ވަނީ، މުވައްޒަފުންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންކަން ބަހާއި އަމަލުން ކުރައްވާ ކަމުގެ ތުހުމަތު ތަކާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މުވައްޒަފުންލައްވައި، މަޤާމާއި މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާގައި ނުހިމެނޭ ކަންކަން ކުރުވާ ކަމަށާއި، އަދި މުވައްޒަފުންނާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މީގެ އިތުރުން މުވައްޒަފުންނަށް ފިޔަވަޅުއަޅައި މަޤާމުގެ މަަސައްކަތްތަކުން އެކަހެރި ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދަނީ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކަމުގައި ޕެޓިޝަންގައި ވަނީ ބަޔާންކޮށްފައެވެ. ޕެޓިޝަނުގައި ބަޔާންކޮށްފައިވާ އިތުރު ކަންތަކުގެ ތެރޭގައި، މިނިސްޓްރީގެ މުވައްޒަފުންނަށް ކުރެވޭނެ މަސައްކަތްތައް ބޭރުން މީހުން ގެނެސްގެން ކުރުވުމާއި، އެމިނިސްޓްރީގެ މުވައްޒަފުން ނޫން މީހުން އޮފީހަށް ގެނެސް އެފަރާތްތައް ލައްވައި މަސައްކަތްތައް ކުރުވުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ.

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްއިން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، ރާއްޖޭގެ ސްކޫލުތަކުގައި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

ކޮމެންޓް
މުންޑު ދަށުވި 2 ގުޅަ
އެންމެ ޅެންބައިތަކުން ތި ހުރިހާ މުވައްޒަފުންގެ ލޯބި ލިބިދާނެ.
12 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.