Advertisement

ދޫހިމެރިގެ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން --

15 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލައި ބިން ސާފުުކޮށްދީފި

މިސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު، ހެންވޭރު ދޫހިމެރިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެގެ ތަޅާލައި ބިން ސާފުކޮށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލްގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ވިދާޅުވީ، އެގެ ތަޅާަލައި ބިން ސާފުކުރުމުގެ މަސައްކަތް ނިންމައި މަގު ބަންދުކޮށްފައި އޮތް ސަރަހައްދު އިއްޔެ އާއްމު ޓްރެފިކަށް ހުޅުވާލާފައި ވާކަމަށެވެ. އެގެ ތަޅާލައި ބިން ސާފުކުރުމުގެ އަމަލީ މަސައްކަތްކޮށްފައި ވަނީ، އެމިނިސްޓްރީގެ ބިދޭސީ މުވައްޒަފުންނެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު، 14:48 ހާއިރުގައި، ހ. ދޫހިމެރިގޭގައި ހިންގަމުން އައި ގާމަގު ކެފޭގެ ބަދިގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިގޮތުން ޑެކްއަޅައިގެން ތިންބުރިއަށް ހަދާފައި ހުރި އެގޭގެ ހުރިހާ ފަންގިފިލާއެއް އަނދައިގެން ދިޔައެވެ.

އެގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 57 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވިފައި ވާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.