Advertisement

ސްޓެލްކޯގެ ކޮންޓްރޯލް ރޫމް --- ފޮޓޯ: ނޫން.އެމްވީ

15 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ރީިޑިން ނުނަގައި ބިލް ފޮނުވާކަމަށް ފަތުރާ ވާހަކަތައް ސްޓެލްކޯއިން ދޮގުކޮށްފި

ރީިޑިން ނުނަގައި ކަސްޓަމަރުންނަށް ބިލް ފޮނުވާކަމަށް ފަތުރާ ވާހަކަތައްކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގައި ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.

އެކަމާއި ގުޅިގެން އެކުންފުނިން އާއްމުކުރި ބަޔާނުގައި ވިދާޅުވީ، ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދު ނުކެނޑި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތާއި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއްކަމަށެވެ. އަދި އެ އުސޫލުތަކާއި ޚިލާފަށް މިކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވާ ކަމުގައިވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން ވިދާޅުވީ، ސްޓެލްކޯގެ މަސައްކަތްތަކާއި މެދު ދޮގުވާހަކަތައް ފެތުރުމާއި އެކުންފުނީގެ ތަޞައްވަރުު ކިލަނބުކޮށް ރައްޔިތުންގެ ހިތްތަކުގައި އެކުންފުންޏާއި މެދު ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތައް ޙަރުކަށި ޢިބާރާތުން ކުއްވެރިކުރާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުން މިކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތުގައި ދެމިތިއްބަވާނެ ކަމުގެ ޔަޤީންކަންވެސް އެކުންފުނިން ވަނީ އަރުވާފައެވެ.

ސްޓްލްކޯއިން ވިދާޅުވީ، ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަމަށާއި، އަދި ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުކުރާނެކަމުގެ ޔަޤީންކަންވެސް އަރުވާ ކަމަށެވެ.

ސްޓެލްކޯއިން މާލެ ސަރަޙައްދުގައި ކަރަންޓްގެ ޚިދުމަތް ދެމުން އަންނަތާ 75 އަހަރު ވަނީ ވެފައެވެ.

ކޮމެންޓް
ޞުންބުލާ
ސްޓެލްކޯ އިން ކޮންދުވަހަކު ދެން ދޮގެއް ހަދާލާނީ. ޙުރިހާ މަކަރެއް ރައްޔިތުން ތެދު ހަމައެކަނު ހަދަނީ އައްޔިތުން ކަމަށް ބަޔާނެއް ނެރުނީމަ ނިމުނީ ދޯ.
15 Sep 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.