Advertisement

މުޙައްމަދު ސަމާޙް --

24 Sep 2024
ޚަބަރު

ސަމާޙް މިހާރު ހުރީ ރިމާންޑް ޖަލުގައި: ކަރެކްޝަންސް

ޖުލައި 23، 2012ގައި ކ. ކާށިދޫގައި ޑިއުޓީގައި ހުއްޓައި ވަޅިއަކުން ހަމަލާދީ މަރާލި، ޕޮލިސް ސަރޖަންޓް އާދަމް ހަލީމްގެ މަރާލުމުގެ ކުށް ސާބިތުވެ، ކްރިމިނަލްކޯޓާއި ހައިކޯޓުން އޭނާ މެރުމަށް ކުރި ޙުކުމް ސްޕްރީމްކޯޓުން ބާޠިލްކުރުމުން، މިހާރު އޭނާ ބަންދުގައި ބަހައްޓާފައި ހުރީ ރިމާންޑް ޖަލުގައި ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ސަމާޙުގެ މައްޗަށް ކުށް ސާބިތު ނުވާކަމަކަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ޙުކުމެއް ނުކުރެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ދަށު ކޯޓާއި ހައިކޯޓުގެ ޙުކުމް ބާޠިލްކޮށް އަންގާފައި ވަނީ އެމައްސަލަ އަލުން ބެލުމަށެވެ. އެހެންވެ ސަމާޙް މިނިވަންވީ ކަމަށް ބައެއް މީިޑިއާތަކުން ޚަބަރު ފެތުރި ނަމަވެސް ކޯޓުން އަންގާފައި ވަނީ އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާއާއި ގުޅިގެން އޭނާ ރިމާންޑް ޖަލަަށް ބަދަލު ކުރުމަށް ކަމުގައި އެނގިފައިވެއެވެ.

އިސްތިއުނާފުގައި ސަމާޙުގެ ފަރާތުން ފާހަގަކޮށްފައި ވަނީ، އޭނާ ފުރަތަމަ މަރުހަލާގައި ކުށަށް އިޢުތިރާފްވެފައި ވަނީ، ފުލުހުން އޭނާއަށް ބިރުދައްކައި އަނިޔާކުރުމުގެ ސަބަބުން ކަމަށެވެ. އަދި ސަމާޙުގެ ފަރާތުން އެދިފައި ވަނީ އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގައި އަމުރުކޮށްދިނުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.