Advertisement

މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) --

06 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ތަސްލީމު ހޯދުމަށް އިންޓަރޕޯލްގެ ޔެލޯ ނޯޓިސް ވަނީ ނެރެފައި: ފުލުހުން

މއ. އަސަރީ ހަނދާން، މުހައްމަދު ތަސްލީމް، 43، ހޯދަން ފުލުހުން ނެރެން އެދުނު އިންޓަޕޯލް ޔެލޯ ނޯޓިސް މިދިޔަމަހުގައި ވަނީ ނެރެފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިހެން ވިދާޅުވީ، ތަސްލީމް ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސް ނެރުމަށް ފުލުހުން އެދިފައިވީނަމަވެސް އެ ނޯޓިސް ނެރެފައި ނުވާކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތަސްލީމް ހޯދުމަށް އިންޓަރޕޯލްގެ ޔެލޯ ނޯޓިސް ހުސްވި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ނެރެފައިވާ ކަމަށެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ،  އިންޓަޕޯލް މެދުވެރިކޮށް ޕަބްލިޝް ކުރާ ނޯޓިސް ތަކަކީ މެމްބަރު ޤައުމުތަކަށް ފެންނަ ގޮތަށް ޕަބްލިޝްކުރާ ނޯޓިސްތަކެއް ކަމަށާއި، އެހެން ނަމަވެސް އިންޓަޕޯލްގެ ހުރިހާ ނޯޓިސްތަކަކީ އާއްމުކޮށް އެންމެންނަށް ފެންނަން ހުންނަ ގޮތަށް ޝާއިއުކުރާ ނޯޓިސްތަކެއް ނޫން ކަމަށެވެ. 

ތަސްލީމް ހޯދުމަށް އިންޓަރޕޯލްގެ ޔެލޯ ނޯޓިހަށް ފުލުހުން އެދުނު ނަމަވެސް، ތަސްލީމް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަން މިހާތަނަށް އެނގިފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލުނު މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަމުންދާ ކަމަށާއި، އެ މައްސަލައިގައި އިންޓަރޕޯލްގެ ޔެލޯ ނޯޓިސް ނެރެފައި ވަނީ، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމަށް ބަލައިގެން ނޫންކަމަށެވެ.

އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، މާލެ އަތޮޅު ހުވަފެންފުށި ރިޒޯޓުކައިރީގައި ހިއްކާފައި އޮތް ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނުކަމަށް ބުނާ ތަސްލީމަށް ވީގޮތެއް މިހާތަނަށް ފުލުހުންނަށްވެސް އަދި ހޯދިފައެއް ނުވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.