Advertisement

ރައީސުލްޖުމްހޫރިއްޔާ ޙާފިޡުންނަށް މެޑެއްޔާއި ސަނަދު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

05 Oct 2024
ޚަބަރު

ޤުރުއާން ހިތުދަސްކުރެއްވި 28 ފަރާތަކަށް ޙާފިޡުކަމުގެ ސަނަދު ދެއްވައިފި

ޤުރުއާން ހިތުދަސްކުރެއްވި 28 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙާފިޡުކަމުގެ ސަނަދު ހަވާލުކޮށްދެއްވައިފިއެވެ.

އެފަރާތްތަކަށް ޙާފިޡުކަމުގެ ސަނަދު ހަވާލުކުރައްވާފައި ވަނީ މިއަދު ބޭއްވި ރާއްޖެ އިސްލާމްވި ދުވަހާއި ގުޅޭ ޚާއްޞަ ޖަލްސާގައެވެ. މިޖަލްސާގައި، ޙާފިޡު ކަމުގެ ސަނަދު ހަވާލުރައްވާފައި ވަނީ، އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކުރައްވައިގެން ސަނަދު ހާސިލުކުރެއްވި 28 ޙާފިޡުންނަށެވެ. އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނެވެ.  

މިއަދު ޙާފިޡުކަމުގެ މެޑަލް ލިބިވަޑައިގެންނެވި 28 ބޭފުޅުންނަކީ:

1. އަލްޙާފިޡާ ފާޠިމަތުދީދީ، ޝެވިލް، ސ. ހިތަދޫ

2. އަލްޙާފިޡާ ޖަމީލާ ޢަލީދީދީ، ދޫޑިގަން، މައްސާގުގެ، ޏ. ފުވައްމުލައް

3. އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ

4. އަލްޙާފިޡާ ޙަކީމަތު މުޙައްމަދު، ފުނާޑު. ހީނާގެ، ޏ. ފުވައްމުލައް

5. އަލްޙާފިޡާ އާމިނަތު ލަޠީފާ، ތިބްރޯޒްގެ، ސ. ހިތަދޫ

6. އަލްޙާފިޡް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް

7. އަލްޙާފިޡާ ފާޠިމަތު އަޙްމަދު، ދަޑިމަގު. ގުލްދަސްތާގެ، ޏ. ފުވައްމުލައް

8. އަލްޙާފިޡް ޢަބްދުﷲ ރަޝީދު، އަލުއިމާގެ، ސ. ހިތަދޫ

9. އަލްޙާފިޡް ޢަބްދުﷲ ބިން ޔާމީން، މޫންލައިޓްހިޔާ، ސ. މަރަދޫ

10. އަލްޙާފިޡާ ސަޢުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި

11. އަލްޙާފިޡާ ސަޚިއްޔާ ޢަބްދުލްޣަނީ، ކުރިބޯށި، ރ. މީދޫ

12. އަލްޙާފިޡާ ޔުމްނާ ޢަބްދުލްޢަޒީޒު، ފެހިގެ، ދ. މީދޫ

13. އަލްޙާފިޡް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ، ރ. ފައިނު

14. އަލްޙާފިޡް ރާހިން ބިން މުޙައްމަދު، މާތޮޑާއަވަށް. ޖަގަހަ، ގދ. ފަރެސްމާތޮޑާ

15. އަލްޙާފިޡް އިޒްކާން ޢަޖީބް ޙުސައިން، ގ. ފަރެސް

16. އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިން، ފަރުބަދަ، ސ. ފޭދޫ

17. އަލްޙާފިޡް ޢަލީ ރައީފު، ދޮންމޫނިމާ، އއ. ތޮއްޑޫ

18. އަލްޙާފިޡާ ފާޠިމަތު ނަޞީރާ، ނިކަގަސްދޮށުގެ. ސ. ހިތަދޫ

19. އަލްޙާފިޡް އަޛީން މުޙައްމަދު، ދަޑިމަގު. ބެންހާގެ، ޏ. ފުވައްމުލައް

20. އަލްޙާފިޡް ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، ޢަންބަރީގެ، ރ. މީދޫ

21. އަލްޙާފިޡާ ޝަބީނާ ޢަބްދުﷲ، އަސްވާޑު، ގއ. ދެއްވަދޫ

22. އަލްޙާފިޡާ މޫނިސާ ޢަބްދުއްރަޙީމް، ކިނާރާ، ނ. ލަންދޫ

23. އަލްޙާފިޡް އާސިރު ޢާރިފް ޔޫސުފް، އަޅިވިލާގެ، ބ. އޭދަފުށި

24. އަލްޙާފިޡް ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު، މއ. ރަތްއެންދެރި

25. އަލްޙާފިޡް ޢަބްދުﷲ ޙަޔާން ޙަމީޒް، ގުރަހަ، ޅ. ނައިފަރު

26. އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު، ދަޑިމަގު. ދޫރެސް، ޏ. ފުވައްމުލައް

27. އަލްޙާފިޡާ ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން، ފެމެލީ، ޅ. ނައިފަރު

28. އަލްޙާފިޡް ބިލާލް ބިން އަޙްމަދު، ގ. ހީނާހިޔާ  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.