Advertisement

ހަމްދު ދޯނި އަޑިޔަށް ގޮސްފައި ---

29 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ދޯނި އަޑިޔަށް ގޮސް އަލިފާން ނިވިއްޖެ

ދ. ކުޑަހުވަދޫ ކައިރީގައި އޮއްވައި ރޯވި ހަމްދު ދޯނީގައި ރޯފި އަލިފާން ނިވިއްޖެ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ގާތްގަނޑަކަށް 10 ގަޑިއެއްހާ އިރު ވަންދެން އެދޯނީގައި ރޯވެފައި ހުރި އަލިފާން ނިވާލުމަށް މަސައްކަތް ކުރެވުނު އިރު، ހަވީރު ދޯނީގައި ރޯވެފައި ހުރި އަލިފާން ނިވުނީ ދޯނި އަޑިޔަށް ގޮސްގެން ކަމަށެވެ.

ފުުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި ހާދިސާގައި މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ހެނދުނު 6:30 ގައެވެ. އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބުނީ 7:20 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި ދޯނީގައި އަލިފާން ރޯވީ އެދޯނީގެ އިންޖީނު ރޫމުގައެވެ. ދޯނި އަޑިޔަށް ދިޔައީ އަލިފާންގަނޑު ފެތުރި ދޯނީގެ ފަހަތުގައި އަނދައި ހުލިވުމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެދޯނި ދަތުރުކުރީ 4 މީހުން ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ވިދާޅުވީ އެދޯނިން ދަތުރު ކުރީ 5 މީހުން ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. 

އަލިފާން ރޯވެ އަޑިޔަ ދިޔަ ދޯންޏަކީ، ފެންބަރުކޮށްގެން ކަނޑިންމަ ރިޒޯޓަކަށް ދަތުރު ކުރި ދޯންޏެއް ކަމުގައި އެމްއެންޑީއެފުން ވިދާޅުވި އިރު އެދޯންޏަކީ މާލެއިން ބޮނަކުއާ ފެންފުޅި ތަކެއް ހިފައިގެން ދ. އަތޮޅު ނިޔާމަ ރިސޯޓަށް ދަތުރު ކުރި ދޯންޏެއް ކަމުގައި ފުލުހުން ވިދާޅުވިއެވެ.

މިހާދިސާ ފުލުހުންނާއި ސިފައިންވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.