Advertisement

ދޯނީގައި ހިނގި އަލިފާނުގެ ހާދިސާ --

29 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ދޯންޏެއްގައި ރޯވެ އަނދާތާ 8 ގަޑިއިރު! އަދިވެސް ނިވާ ނުލެވޭ!

ދ. ކުޑަހުވަދޫ ކައިރިން ދޯންޏެއްގައި ރޯވި އަލިފާން އަދިވެސް ނިވާ ނުލެވޭ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު، 7:20 ހާއިރުގައި ކަމަށެވެ. 

އަލިފާން ރޯވެފައި ވަނީ، ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުން ދިޔަ "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ އިންޖީނު ރޫމުގައި ކަމަށާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް މިއަދު ހެނދުނު 7:20 ހާއިރު އެމައުލޫމާތު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިވުމުގައި ހަރަކާތްތެރިވަމުން ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި "ހަމްދު" ދޯނީގައި ރޯވެފައިވާ އަލިފާން ނިންވާލުމަށް ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިވުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވެސް ދަނީ މިއަދު 11:00 ހާއިރުން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، "ހަމްދު" ދޯނީގައި ރޯވެފައިވާ އަލިފާންގެ 80 ޕަސެންޓް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެ ދޯނިން ދަތުރުކުރަމުން ދިޔައީ 4 މީހުން ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ނަމަވެސް، ދޯނި ވަނީ ވަރަށް ބޮޑަށް އަނދާފައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދިންގޮތުގައި އެ ދޯނީގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ، ހެނދުނު 6:30 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.