Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް -- ފޮޓޯ: ޕީއެސްއެމް

01 Oct 2024
ޚަބަރު

ޕީޖީއަށް ޝަކުވާ ހުށައެއެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އެކި މައްސަލަތަކާއި ގުޅިގެން، ޕްރޮސެކިއަުޓަރ ޖެނެރަލްއަށް އާއްމުން ޝަކުވާ ހުށައެއެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވީީ، ތިން ހަފްތާގެ ތެރޭގައި އާއްމު ގިނަ ފަރާތްތަކުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ ރަސްމީކޮށް އާއްމުންނަށް ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށައެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލާަފައިވާ ކަމުގައި ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ޢައްބާސް ޝަރީފް ވިދާޅުވީ، އެންމެ ގިނަ ޝަކުވާތައް ލިބެމުން އަންނަނީ، ކުރިންކޮށްފައިވާ ދައުވާތަކާއި ގުޅިގެން ކަމަށެވެ. އަދި މައްސަލަތައް ދިގުލައިގެން ދިޔުމާއި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި ލުޔެއް ނުލިބޭތީ ޝަކުވާތައް ލިބިފައިވާކަމުގައި ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ހުށައެޅޭ ޝަކުވާތަކާއި ގުޅިގެން މައްސަލަތައް ބަލައި ޖަވާބުދޭނީ ޕީޖީގެ ކަމާއި ގުޅުންހުރި ބޭފުޅުން ކަމަށެވެ. އަދި ޕީޖީ އަމިއްލަފުޅަށް އެއްވެސް މައްސަލައެއް ރިވިއު ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، އަމިއްލަފުޅަށް އެއްވެސް މައްސަލައެއް ރިވިއު ނުކުރެއްވުމަށް ނިންމެވީ، އެކަމާއި ގުޅިގެން ކުރެވިދާނެ ތުހުމަތުތަކަށް ޖާގަ ނުދެއްވުމުގެ ގޮތުން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ޕީޖީގެ މަޤާމަށް ޢައްބާސް ޝަރީފު ވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.

ކޮމެންޓް
ެއެކޮއި
އަބަދުވެސް ޕީޖީއަށް ސަކުވާ ބަލައި ގަނެވޭގޮޔް ހެއްދެވީ އާ ރައްޔަތުން ނައް ކަންކަން ކުރަން ބޮޑުތަނުން ފަސޭހަވެގެން ދާނެ
02 Oct 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.